ދިވެހިރާއްޖެ
އިޢުލާން
މި އިދާރާއަށް ޕަވަރގޭޓް ޕިކަޕެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއްޖެ. |
މި އިދާރާއަށް ޕަވަރގޭޓް ޕިކަޕެއް ހޯދަން ކުރެވުމު އިޢުލާން ނަމްބަރ (IUL) 329/329/2023/36 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައި ނުވާތީ އަލުން ޕަވަރގޭޓް ޕިކަޕެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލަމަމެވެ.
ވީމާ، މި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން "ބީލަމުގައި ރަޖިސްޓްރީވުމަށްއެދޭ ފޯމް" ކައުންސިލަށް ހުށަހަޅައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީކުރައްވާނަމަ، ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. މި ބީލަމުގައި ބައިވެރިވެވޭނީ، ޤާނޫނު ނަންބަރު:2014/18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު:2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
ބީލަން ރަޖިސްޓްރީ ކުރުން |
2023 ނޮވެމްބަރ 23 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް. ރަޖިސްޓަރ ފޯމް ފުރިހަމަކޮށް [email protected] އަށް ފޮނުއްވާ. |
ޕްރީ-ބިޑް ބައްދަލުވުން |
ބީލަމާ ގުޅޭ މައުލޫމާތު އާންމުކުރެވިފައިވާތީ ޕްރީ-ބިޑް ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިނުވޭ. |
ބީލަން ބަލައިގަތުން |
2023 ނޮވެމްބަރ 29 ވަނަ ދުވަހުގެ 11:00 ގެ ނިޔަލަށް |
ބީލަން ހުޅުވުން |
2023 ނޮވެމްބަރ 29 ވަނަ ދުވަހުގެ 11:00 ގައި ޅ.އޮޅުވެލިފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައި |
ބީލަން ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ބަދަލުގައި އެހެންފަރާތަކުން ބައިވެރިވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ ބީލަން ބަލައިނުގަނެވޭނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަންވެރިންގެ އެއްހާޒިރުގައެވެ. މި ބީލަމާ ގުޅޭގޮތުން މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި އިދާރާގެ ނަންބަރު 6620075 ފޯނަށެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.
19 ނޮވެމްބަރ 2023