ދިވެހިރާއްޖެ
އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (ބީ.އެޗް.ޔޫ) އިން އިންތިޒާމްކުރައްވައިގެން 2024 ޖެނުއަރީ މަހުގެ 19 ން 21 ށް އިންޑިއާގެ ވަރަނާސީގައި ބޭއްވުމަށް ހަމަޖެހިފައިވާ "ކަޝިޔަތުރާ އެނުއަލް – ސޯޝިއޯ ކަލްޗަރ ފެސްޓް" ގައި ދިވެހި ފަންނާނުންނަށް ބައިވެރިވުމުގެ ފުރުޞަތު ވަނީ ލިބިފައެވެ. އެގޮތުން މިފެސްޓިވަލްގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކަށް 2024 ޖެނުއަރީ 2024 ޖެނުއަރީ 15 ން 25 ށް އިންޑިއާގައި ހުރުމާއި ކެއުމުގެ ޚަރަދު މިފެސްޓިވަލް އިންތިޒާމްކުރާ ފަރާތުން ހަމަޖައްސަވައިދެއްވާނެ ކަމަށް ވަނީ އަންގާފައެވެ. އެހެންނަމަވެސް އިންޓަރނޭޝަނަލް އެއަރފެއަރ، އެއަރފްރައިޓް އާއި މެޑިކަލް އިންޝުއަރެންސް އަދި އެހެނިހެން އެލަވަންސްތައް ހަމަޖައްސަވަން ޖެހިވަޑައިގަންނަވާނީ ބައިވެރިވާ ފަރާތްތަކުންނެވެ.
ވީމާ، މިފެސްޓިވަލްގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން 15 ޑިސެމްބަރ 2023 ގެ ކުރިން ސީވީ / ޕްރޮފައިލް މިސެންޓަރުގެ މެއިލް [email protected] އަށް ފޮނުއްވައިދެއްވުން އެދި ދެންނެވީމެވެ. އަދި އިތުރު މަޢުލޫމާތު މި އިޢުލާންއާއެކު ހިމަނާލެވިފައި އެވަނީ އެވެ.