ނ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާ ބެހޭ!

މި އިޢުލާންވަނީ 28 ނޮވެންބަރު 2023 08:23 ގައި ބާތިލް ކުރެވިފައެވެ.



1-      01 ޖެނުއަރީ 2024 ން ފެށިގެން 31 ޑިސެންބަރު 2024ގެ ނިޔަލަށް މިމަދަރުސާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.

 

2-      މިބީލަމުގައި ބައިވެރިވާންއެދޭ ފަރާތްތަކުން، 2023 ނޮވެންބަރު 19 އިން 2023 ނޮވެންބަރު 21 އަށް ބަންދުނޫން  ކޮންމެ ދުވަހަކު 8:00 އިން 14:00 އަށް މިމަދަރުސާއަށް ގުޅުއްވައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

 

3-      މިބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ނޮވެންބަރު 23 ވާ ބުރާސްފަތި ދުވަހުގެ  12:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ހުށަހެޅުން އެދެމެވެ.

 

4-      މިބީލަމާ ބެހޭގޮތުން ސުވާލުހުށަހަޅާފައިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2023 ނޮވެންބަރު 26 ވާ އާދިއްތަ ދުވަހުގެ 9:00 ގައި މިމަދަރުސާގައެވެ.

 

5-      ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2023 ނޮވެންބަރު 30 ވާ ބުރާސްފަތި ދުވަހުގެ 9:00  ގައި މިމަދަރުސާގައެވެ.

 

6-      މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

7-      ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

 ނ.އަތޮޅު ތަޢުލީމީ މަރުކަޒު

  ސޯސަންމަގު

  ނ.ވެލިދޫ، ދިވެހިރާއްޖެ

  ފޯން: 6560019

  އީ-މެއިލް: [email protected]

 

  

ވިމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 

  05 ޖުމާދިލްއޫލާ 1445

19 ނޮވެންބަރު 2023

19 ނޮވެންބަރު 2023
ހޯދާ