ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާޢީ ހިޔާ ކޮޓަރިތަކުގައި އެއަރކަންޑިޝަނަރ ހަރުކުރުން

1. އިޖުތިމާޢީ ހިޔާގެ ކޮޓަރިތަކުގައި އެއަރކަންޑިޝަނަރ ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)245-MIM/245/2023/101 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައިނުވާތީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިޢުލާނު ކުރަމެވެ.

2. މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2023 ނޮވެމްބަރ 20 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. ކޯޓޭޝަން ހުށަހަޅުއްވާނީ [email protected] އަށެވެ. ނުވަތަ ރަސްމީ ގަޑީގައި މި އިދާރާގެ ކައުންޓަރަށެވެ.

3. މި މަސައްކަތަށް އަގު ހުށަހަޅުއްވާނީ، މި އިޢުލާނާއެކުވާ އަގު ހުށަހަޅާ ފޯމުންނެވެ. އަގު ހުށަހެޅުއްވުމުގެ ކުރިން މަސައްކަތާ ގުޅޭ މައުލޫމާތު ކަރުދާސް ބެއްލެވުމަށްފަހު، މަސައްކަތާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އެކަމެއް ސާފުކުރަންވާނެއެވެ.

4. މައުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ފޯނުންނަމަ 6501013 އަށް ގުޅުއްވުން އެދެމެވެ.

17 ނޮވެންބަރު 2023
ހޯދާ