ދިވެހިރާއްޖެ
(IUL)38-AC/38/2023/467 :ނަންބަރު
އިޢުލާން
ތ. ގުރައިދޫ ކައުންސިލް ރައީސް އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން
މި ކޮމިޝަނުގެ އިޢުލާން ނަންބަރު (IUL)38-AC/38/2023/457 އަށް ހަވާލާދީ ދަންނަވަމެވެ.
2023 ޑިސެންބަރު 16 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ތ. ގުރައިދޫ ކައުންސިލް ރައީސް އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް ދީފައިވާ މުއްދަތު ހަމަވިއިރު، ކުރިމަތިލާފައިވަނީ އިންތިޚާބު ކުރަންޖެހޭ ޢަދަދަށެވެ.
ފުރިހަމަ ނަން |
ދާއިމީ އެޑްރެސް |
ކުރިމަތިލާފައިވާ ޙައިޘިއްޔަތު |
ތައުފީޤް ޢަލީ |
ހުދުވެލި، ތ. ގުރައިދޫ |
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް |
ވީމާ، ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 24 ވަނަ މާއްދާގައިވާ ގޮތުގެމަތިން، މަތީގައި ދެންނެވިފައިވާ ފަރާތް އިންތިޚާބުވެއްޖެކަން ޢާންމުކޮށް އަންގައި އިޢުލާންކުރަމެވެ.