ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ދި ޔުނިޓީ ޗެންޕިއަންސިޕް 2023" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހާއި ގުޅުވައިގެން "ދި ޔުނިޓީ ޗެންޕިއަންސިޕް"   ގެ ނަމުގައި 2023 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ކުޅިވަރު މުބާރާތެއް ބޭއްވުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. އެގޮތުން މިއަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2023 ޑިސެންބަރު 14 އިން 22 އަށެވެ. މިއީ ދެ ޖިންސަށް ހުޅުވާލައިގެން ބާއްވާ ވޮލީ މުބާރާތެކެވެ.

މިމުބާރާތުގެ ދެ ޑިވިޝަނުން ވެސް ޗެމްޕިއަން ޓީމަށް 15,000/- (ފަނަރަހާސް) ރުފިޔާ އަދި ރަނަރަޕް ޓީމަށް 5,000/- (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ޓީމްތަށް ރަޖިސްޓާކުރުމާއި ޓީމް ލިސްޓް ހުށަހެޅުން ކުރިއަށް ދާނީ ތިރީގައިވާ ތާވަލާއި އެއްގޮތަށެވެ.     

 

ހުޅުވާލާ ތާރީޚް

ސުންގަޑި

ޓީމް ރަޖިސްޓްރީ ކުރުން

16 ނޮވެންބަރު 2023

28 ނޮވެންބަރު 2023 | 18:00

ޓީމް ލިސްޓް ހުށަހެޅުން

ޓީމް ރަޖިސްޓްރީކުރާ ތާރީޚުން ފެށިގެން

10 ޑިސެންބަރު 2023 | 18:00

 

                        ޓީމް ރަޖިސްޓްރީކުރުމަށް: https://shorturl.at/hmIU1    

     

ވީމާ، މަތީގައިވާ ލިންކް މެދުވެރިކޮށް ޓީމް ރަޖިސްޓްރީކުރުން އެދެމެވެ. އަދި ޓީމް ރަޖިސްޓްރީކުރުމުން ޓީމް ލިސްޓް ހުށަހެޅުމަށް ރަޖިސްޓްރީކުރާ އީމެއިލަށް ލިންކް ފޮނުވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން 6780701 / 9897800 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

16 ނޮވެންބަރު 2023
ހޯދާ