އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ހއ. ކެލާ ކައުންސިލްގެ އަންހެން މެންބަރު އަދި އދ. ހަންޏާމީދޫ، ނ. މާފަރު ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަން

(IUL)38-AC/38/2023/468 :ނަންބަރު

އިޢުލާން

ހއ. ކެލާ ކައުންސިލްގެ އަންހެން މެންބަރު އަދި އދ. ހަންޏާމީދޫ، ނ. މާފަރު ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަން

ކެންޑިޑޭޓުންގެ ގުރުއަތުނެގުމާ ގުޅޭ

2023 ޑިސެންބަރު 16 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހއ. ކެލާ ކައުންސިލްގެ އަންހެން މެންބަރު އަދި އދ. ހަންޏާމީދޫ، ނ. މާފަރު ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުމަށް ހަމަޖެހިފައިވާ ތާރީޚު، ގަޑި އަދި ތަން މި ދަންނަވަނީއެވެ. 

ގުރުއަތުނެގުން ކުރިޔަށްދާނެ ތާރީޚު، ގަޑި އަދި ތަން

ދާއިރާ

ތަން

ތާރީޚު އަދި ދުވަސް

ގަޑި

ހއ. ކެލާ

ހއ. ކެލާ ކައުންސިލް އިދާރާ

17 ނޮވެންބަރު 2023، ހުކުރު

14:00

އދ. ހަންޏާމީދޫ

އދ. ހަންޏާމީދޫ ކައުންސިލް އިދާރާ

17 ނޮވެންބަރު 2023، ހުކުރު

14:00

ނ. މާފަރު

ނ. މާފަރު ކައުންސިލް އިދާރާ

17 ނޮވެންބަރު 2023، ހުކުރު

14:00

އަދި ދަންނަވަމެވެ. އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ކަނޑައެޅިފައިވާ ގަޑިއަށް ގުރުއަތުނަގާ ތަނަށް ވަޑައިގެންދެއްވުން އެދެމެވެ. ކެންޑިޑޭޓަށް ހާޟިރުވެވެން ނެތްނަމަ، ކެންޑިޑޭޓުގެ ފަރާތުން ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއް ބަޔާންކޮށް، ކެންޑިޑޭޓުގެ ސިޓީއަކާއެކު ވަޑައިގެންދެއްވުން އެދެމެވެ. އެހެން ނަމަވެސް، ކެންޑިޑޭޓު ނުވަތަ ބަދަލުގައި ބޭފުޅަކު ހާޟިރު ނުވާނަމަ، ކެންޑިޑޭޓުގެ ބަދަލުގައި ގުރުއަތު ނަގާނީ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުންނެވެ. 

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާނުކުރީމެވެ.

16 ނޮވެންބަރު 2023
ހޯދާ