މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޕްރޮގްރާމް އޮފިސަރ

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

ޕްރޮގްރާމް އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް. އެސް. 2

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރަ

ސަރވިސް އެލަވަންސް

ސްޕެޝަލް ޑިއުޓީ

 

-/6،295 ރުފިޔާ

-/2،000 ރުފިޔާ

މުސާރައިގެ %35

(އިތުރު ގަޑީގައި ކުރާމަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.)

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ކ. މާލެ / މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ/ ކްލައިމެޓް ޗޭންޖް ޑިޕާރޓްމަންޓް

ބޭނުންވާ އަދަދު

01

ޝަރުޠު

  • އިންޓަރނޭޝަނަލް ރިލޭޝަންސް ނުވަތަ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އިންޓަރނޭޝަނަލް ރިލޭޝަންސް ނުވަތަ ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • އިންޓަރނޭޝަނަލް ރިލޭޝަންސް ނުވަތަ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އިންޓަރނޭޝަނަލް ރިލޭޝަންސް ނުވަތަ ގުޅޭދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • އިންޓަރނޭޝަނަލް ރިލޭޝަންސް ނުވަތަ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ހާސިލުކޮށްފައިވުން. ނުވަތަ
  • އިންޓަރނޭޝަނަލް ރިލޭޝަންސް ނުވަތަ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުން ހުރި ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ބައިނަލް އަޤުވާމީ ފަރާތްތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ކުރަންޖެހޭ މުޢާމަލާތުތައްކުރުމާއި މިކަމާގުޅޭގޮތުން ހޯދަންޖެހޭ މަޢުލޫމާތު ހޯދައި ދިރާސާކުރުމުގައި އެހީތެރިކަން ދިނުން.
  • މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި އަދި މިބަދަލުތަކުގެ ސަބަބުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރާއްޖޭގައި އެކުލަވައިލެވޭ ސިޔާސަތުތަކާއި، ސްޓްރެޓަޖީތަކާއި، ޕްރޮގްރާމްތަކާއި އަދި މަޝްރޫޢުތައް ތައްޔާރުކުރުމުގައި ކަމާގުޅުންހުރި ބައިނަލްއަޤުވާމީ އިދާރާތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  • މޫސުމަށް އަންނަ ބަދަލުތަކުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް އެކުލަވައިލެވޭ މަޝްރޫޢުތަކުގެ ކޮންސެޕްޓްތަކާއި ތަފުސީލު ޕްރޮޕޯސަލް ތައްޔާރުކުރުމުގައި ޢަމަލީގޮތުން މަސައްކަތް ކުރުމާއި މިފަދަ މަޝްރޫޢުތަކަށް ބޭނުންވާ އެހީ ހޯދުމުގައި ސުޕަވައިޒަރގެ އިރުޝާދުގެ ދަށުން މަސައްކަތްކުރުން.
  • ކާރބަން މަދު އިޤުތިޞާދަކަށް މަގުފަހިކުރުމަށް ރާއްޖޭގައި ހިންގޭ ޕްރޮގްރާމްތަކާއި، މަޝްރޫޢުތައް ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  • މޫސުމަށް އަންނަ ބަދަލުތަކާ ގުޅުންހުރި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެކުލަވައިލެވޭ ބައިނަލްއަޤުވާމީ އެއްބަސްވުންތަކުގައި ހިމެނޭ ކަންތައްތައް ތަންފީޛުކުރުމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެހީތެރިވެދިނުން
  • މަސައްކަތާ ގުޅުންހުރި ދާއިރާތަކުން، ރާއްޖޭގެ އެތެރެއާއި ރައްޖެއިން ބޭރުގައި ބޭއްވޭ ބައްދަލުވުންތަކާއި، ޖަލްސާތަކުގައި ބައިވެރިވާންޖެހޭ ޙާލަތްތަކުގައި ބައިވެރިވެ މިކަމުގައި މިނިސްޓްރީގެ ސިޔާސަތު ހާމަކުރުމުގައި ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • މޫސުމަށްއަންނަ ބަދަލުތަކާއި ނުވަތަ މި ދާއިރާއާއި ގުޅުންހުރި މަޝްރޫޢުތަކާއި ޕްރޮގްރާމްތައް ހިންގުމުގައި ތަޖުރިބާ ލިބިފައިވާ މިންވަރު.
  • ތިމާވެށްޓާއި ދެމެހެއްޓެނިވި ތަރައްޤީއާ ގުޅޭ މަސައްކަތްތައް ކުރުމުގައި ލިބިފައިވާ ތަޖުރިބާގެ މިންވަރު.
  • މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މައްސަލަތަކާއި މި ދާއިރާގެ މަޢުލޫމާތު ލިބިފައިވާ މިންވަރު.
  • ދިވެހި ރާއްޖޭގެ ތިމާވެށްޓާއި އޭގެ ނާޒުކުކަމާ ބެހޭގޮތުން މަޢުލޫމާތު ލިބިފައިވާ މިންވަރު.
  • މޫސުމަށް އަންނަ ބަދަލުތަކާއި ދެމެހެއްޓެނިވި ތަރައްޤީއާ ގުޅުންހުރި އެއްބަސްވުންތަކާބެހޭ މަޢުލޫމާތު ލިބިފައިވާ މިންވަރު.
  • ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލްސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ. )
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ސިވިލް ސަރވިސްގައި މަސައްކަތް ކުރާމުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން.
  • ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

ސުންގަޑި: 31 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް.

އިންޓަރވިއުއާއި އިމްތިޙާން ކުރުން 01 އެޕްރީލް 2015 އާއި 30 އޭޕްރީލް 2015 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.

19 ޖުމާދަލްއޫލާ 1436
12 މާރިޗު 2015
ހޯދާ