ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ލޭބަރަރ ގރ.1

މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު: ލޭބަރަރ ގރ.1

އަދަދު: 1

މުސާރަ: 3،240.00ރ

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (2 އަހަރު)

މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ 136 (ޏ. ފުވައްމުލައް) ފިހާރަ

އެހެނިހެން އިނާޔަތްތައް:

  • އިތުރު އެލަވަންސް: 1،350.00ރ އާއި 2،400.00ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • ބޯނަސް: ކުންފުނިން ކަނޑައަޅާފައިވާ އުސޫލެއްގެ މަތިން އަހަރީ ބޯނަސް ދެވޭނެއެވެ.
  • އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ޕެންޝަން: ވަޒީފާއާ ބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުގެ މަތިން ޕެންޝަނަށް ފައިސާ އުނިކުރެވޭނެއެވެ.  
  • ޕްރޮބޭޝަން ހަމަވުމުން ސްޓާފް އިންޝުއަރެންސް ސްކީމްގައި ބައިވެރި ކުރެވޭނެއެވެ.

މަޤާމުމުގެ މަސްއޫލިއްޔަތު:

  • ކަސްޓަމަރުންނަށް މުދާޑެލިވަރ ކުރުމުގައި އެހީތެރިވުން.
  • ޑެލިވަރ ކުރެވޭ މުދާތަކުގެ އަދަދު ޗެކްކޮށް ބެލެހެއްޓުން.
  • ވޮޗަރަކުނެތް ވަގުތެއްގައި ވޮޗަރެއްގެ ޑިއުޓީ އަދާކުރުން.
  • ފިހާރަ އަދި ގުދަނުގެ އެތެރެއާއި ބޭރު ފޮޅައި ސާފުކުރުން.
  • ފިހާރައަށް އަންނަ ކަސްޓަމަރުންނަށް އެހީތެރިވުން އަދި މީގެ އިތުރުންވެސް ފިހާރާގައި ކުރަން ޖެހޭ އެހެނިހެން މަސައްކަތް ކުރުން.

ތަޢުލީމާއި ތަޖުރިބާ:

  • ގްރޭޑް 7 ގެ ފެންވަރު ހުރުން ނުވަތަ އިނގިރޭސި އަދި ދިވެހި ބަހުން ހުންނަ ލިޔުންތައް ލިޔަން ކިޔަން އެގުން.
  • މިދާއިރާގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެ.

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 17 މާރިޗު 2015ވާ އަންގާރަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑް އޮފީސް ކައުންޓަރުންނާއި އެސްޓީއޯ 136 (ޏ.ފުވައްމުލައް) ފިހާރައިންނާއި އަދި އެސްޓީއޯގެވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

ނޯޓް:

  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. މިމަޤާމަށް މުވައްްޒަފުން ހޮވުމުގައި ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަަކަށް ބެލުމަށްފަހު ޝަރުުޠު ހަމަވާ އެޕްލިކޭޝަންއެއް ނުލިބިއްޖެނަމަ މަސައްކަތު ތަޖުރިބާއަށާއި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސްލިބޭ ފަރާތެއް ހޮވޭނެއެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344272   ފެކްސް: 3344041 

ވެބްސައިޓް: www.stomaldives.com

އެސްޓީއޯ 136 ފިހާރަ

ވަލިފަންނުމަގު، މާދަނޑު އަވަށް، ޏ. ފުވައްމުލައް

ފޯން: 3012680

08 މާރިޗު 2015
ހޯދާ