ދިވެހިރާއްޖެ
ގެސްޓް ހައުސް ވިޔަފާރި ހިންގުމަށް ނ. ފޮއްދޫ ލޯކަލް ޓޫރިޒަމް ޒޯން އިން 2 ބިން ކުއްޔަށް ދޫކުރުމަށް މިއިދާރާގެ ނަންބަރ (IUL)296/296/2023/27 އިޢުލާނާ ހަވާލާދީދަންނަވަމެވެ.
މިއިޢުލާނާ ގުޅިގެން މިއިދާރާއަށް ހުށައެޅުނު ބިޑްތަކުގައި ބައެއް މައްސަލަތައް ހުރުމުގެ ސަބަބުން މިއިދާރާގެ ބިޑް ޑޮކިޔުމެންޓް (ބީލަމުގެ ދައުވަތު) ގެ އިރުޝާދުތަކުގެ 25 ވަނަ ނަންބަރުގެ ގެ ދަށުން އެންމެ މަންފާ ހުރި ގޮތްކަމް ބަލާ ބިޑް ކޮމެޓީ އަދި ކައުންސިލް އިން ނިންމާފައި ވަނީ މިއިޢުލާން ބާތިލްކޮއް އަލުން އިޢުލާން ކުރުމަށެވެ.
ވީމާ ގެސްޓް ހައުސް ވިޔަފާރި ހިންގުމަށް ނ. ފޮއްދޫ ލޯކަލް ޓޫރިޒަމް ޒޯން އިން 2 ބިން ކުއްޔަށް ދޫކުރުމަށް މިއިދާރާގެ ނަންބަރ (IUL)296/296/2023/27 އިޢުލާން ބާތިލް ކުރެވިފައިވާކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.
01 ޖުމާދަލްއޫލާ 1445
15 ނޮވެމްބަރ 2023