ދިވެހިރާއްޖެ
އ.ތ.މ ކޮމެޓީގެ ވޮލީ މުބާރާތް ހޯސްޓްކޮށްދޭނެ ފަރާތެއް ހޯދުން
އ.ތ.މ ކޮމެޓީ ފަރާތުން ބޭއްވުމަށް ހަމަޖެހިފައިވާ ވޮލީ މުބާރާތް ހޯސްޓްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު އިޢުލާނު (ނަމްބަރ: (IUL) 399-CA/399/2023/128) ގެ މުއްދަތުގައި އެއްވެސް ފަރާތަކުން ރަޖިސްޓްރީ ވެފައި ނުވާތީވެ އިޢުލާނު ބާތިލްކޮށް އެ ފުރުސަތު އަލުން ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ތާވަލްގައިވާ ގޮތަށް ރަޖިސްޓްރީވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
1 |
ރަޖިސްޓްރީވުން |
23 ނޮވެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ބިޑްގައި ރަޖިސްޓްރީވުމަށް [email protected] އަށް އީމެއިލްގެ ޒަރިއްޔާއިން ބިޑް ރެޖިސްޓްރޭސަން ފޯރމް ހިއްސާކުރެއްވުން އެދެމެވެ. އަދި ރަޖިސްޓްރީ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. |
2 |
އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެގޮތް |
28 ނޮވެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެ ހައްދުންމަތީ ގަމު ކައުންސިލަށް ވަޑައިގެންދެއްވުން އެދެމެވެ. (ސުންގަޑީގެފަހުން ހުށަހެޅޭ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.) |
މި އިއުލާނާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 7611515 އެވެ.
15 ނޮވެމްބަރ 2023