ދިވެހިރާއްޖެ
`
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
އުނގޫފާރު، ދިވެހިރާއްޖެ
އިޢުލާން
މިކައުންސިލްގެ ބެލުމުގެ ދަށުގައިވާ 3 ރުއްގަނޑު2 އަހަރު ދުވަހުގެ މުއްދަތަށް ވަރުވާއުޞޫލުން ދޫކުރުމާއި ގުޅޭ
މިކައުންސިލްގެ ބެލުމުގެ ދަށުގައިވާ 3 ރުއްގަނޑު ވަރުވާ އުޞޫލުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަމްބަރ: IUL-303-AHR/303/2023/44(23 އޮކްޓޫބަރ 2023)ގެ އިއުލާނާއި ގުޅިގެން ހުށަހެޅި 3 ބިޑް ބާތިލްކޮށްދިނުމަށް ބިޑް ހުށަހެޅި 3 ފަރާތުން އެދިފައިވާތީ އިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.
މިކައުންސިލްގެ ބެލުމުގެ ދަށުގައިވާ 3 ރުއްގަނޑު ވަރުވާ އުޞޫލުން ދޫކުރުމަށް ނިންމާފައިވާތީ ރުއްގަނޑު ވަރުވާ އުޞޫލުން ނެގުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބިޑުހުށަހެޅުން އޮންނާނީ 21 ނޮވެމްބަރ 2023ވާ އަންގާރަ ދުވަހުގެ 10:00ގައި މިއިދާރާގައެވެ. ރުއްގަނޑު ހޯދުމަށް ހުށަހަޅާ ސިޓީއުރާގެ ބޭރުގައި " ވަރުވާ އުޞޫލުން ރުއްގަނޑު ހޯދުމަށް އެދި " މިހެންލިޔެފައި އޮންނަންވާނެއެވެ.
ތިރީގައި އެވަނީ ވަރުވާއުޞޫލުން ރުއްގަނޑު ހޯދުމަށް ހުށަހަޅާ ފަރާތްތަކަށް މަސައްކަތަށް މާކުސްދިނުމަށް ހަމަޖެހިފައިވާގޮތެވެ.
- ރުއްގަނޑު ވަރުވާއުޞޫލުން ބެލެހެއްޓުމަށް ހުށަހަޅާ އަގަށް (ސަތޭކަ މާކުސް)
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
ވަރުވާ އުޞޫލުން ދޫކުރެވޭ ރުއްގަނޑު ބެލެހެއްޓުމުގެ މައުލޫމާތު ސީޓް
* އަދި ރުއް އަޅާއިރު ރުކުން ބާލާ ފަނާއި ފުޅަފި އިލާ އިހާވަށް ރުއްދަށުން ނަގާ ސާފްކުރަންވާނެއެވެ.
* ރުއްތަކުން ފައިބާ ތަކެތި ރުއްދަށުގައި ބަހައްޓާނަމަ ކައުންސިލަށް ހާޒިރުކޮށް އެފަދަ ތަކެތި ނަގާ ސާފްކުރަން އެންގޭނެއެވެ.
* ރުއްގަނޑު ވަރުވާ އުޞޫލުން ބެލެހެއްޓުމަށް ހަވާލްކުރެވޭ ފަރާތުން ރުކުން ވެއްޓޭފަނާއި އިލާ ފުޅަފި އިހާވަށް މިތަކެތި ނަގާ ނައްތާލަންވާނެއެވެ.
* ( މާލިޔާ ރުއްގަނޑު 24 ރުއް) (ޕޮލިސް އުތުރު ރުއްގަނޑު 11 ރުއް) ބަނދަރު 19 ރުއް )