ބީލަމުގެ ތާރީޚްތަކަށް ބަދަލު ގެނައުމާއި ގުޅޭ
ޓޫރިސްޓް ހޮޓެލް ހަދާ ހިންގުމަށް މިރަށުގެ ދަރުމަކޮޅުން 10،000 (ދިހަހާސް) އަކަފޫޓްގެ 5 ބިން (ޕްލޮޓް ނަމްބަރ 2،5،6،7،8) 50 (ފަންސާސް) އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމާއި ގުޅޭ ގޮތުން މިއިދާރާއިން ކޮށްފައިވާ އިއުލާނާއި ގުޅިގެން ކަނޑައެޅިފައިވާ ތާރީޚުތަކަށް ބަދަލުގެނެވިފައިވާކަމުގައި ދަންނަވަމެވެ.
ބީލަމަށް ރަޖިސްޓްރީކުރުން
|
- މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 23 ނޮވެމްބަރ 2023 ވާ ބްރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ބިޑް ރަޖިސްޓަރީ ކުރުމަށް އެދޭ ފޯމުން ބިޑް ރަޖިސްޓްރީ ކުރަންވާނެއެވެ.
- ބިޑް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް މިއިޢުލާނާއެކު ޢާންމުކޮށްފައިވާނެއެވެ. ފޯމް މެއިލް ކުރަށްވާނަމަ, info@nilandhoo.gov.mvމެއިލް ކުރެއްވުން އެދެމެވެ.
- މި ބީލަމުގައި ބައިވެރިވެލެއްވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
|
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން
|
- ބީލަންވެރިންނަށް މަޢުލޫމާތު ދިނުން އޮންނާނީ 28 ނޮވެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 13:00 ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.
- މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓްތައް ބީލަންވެރިންނަށް މެއިލް ކުރެވޭނެއެވެ.
- ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 30 ނޮވެމްބަރ 2023 ވާ ބްރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލްގެ info@nilandhoo.gov.mv މެއިލަށެވެ.
|
ބީލަން ހުށައެޅުން
|
- ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 10 ޑިސެމްބަރ 2023 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ.
- ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
|
01 ޖުމާދަލްއޫލާ 1445