ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ސީނިއަރ ސްޓެޓިސްޓިކަލް އޮފިސަރ   

މަޤާމު

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ކްލެސިފިކޭޝަން

MS2

ރޭންކް

-/6295 ރުފިޔާ

މުސާރަ

ސަރވިސް އެލަވަންސް: -/2000 ރ

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސް: މުސާރައިގެ %35

އެހެނިހެން އިނާޔަތްތައް

02

ބޭނުންވާ އަދަދު

ސްޓެޓިސްޓިކަލް ސަރވޭ އެންޑް އެނަރލިސިސް.

ބޭނުންވާ ސެކްޝަން

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، މާލެ

މަސައްކަތްކުރަންޖެހޭ ތަނާއި ރަށް

  • ސްޓެޓިސްޓިކްސް އާއިގުޅޭ ދާއިރާ ނުވަތަ އިކޮނޮމިކްސް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގ ނުވަތަ ޑިމޮގްރަފީ ފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.  
  • ސްޓެޓިސްޓިކްސްއާގުޅޭ ދާއިރާ ނުވަތަ އިކޮނޮމިކްސް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގ ނުވަތަ އެކައުންޓިންގ ނުވަތަ ޑިމޮގްރަފީފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ  
  • ސްޓެޓިސްޓިކްސްއާގުޅޭ ދާއިރާ ނުވަތަ އިކޮނޮމިކްސް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގ ނުވަތަ އެކައުންޓިންގ ނުވަތަ ޑިމޮގްރަފީފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ ޝަރުޠުތައް

 މަޤާމު 1 ސްޓެޓިސްޓިކަލް ސަރވޭ އެންޑް އެނަރލިސިސް.

  • ބިއުރޯގެ ފަރާރުން ކުރުމަށް ކަނޑައެޅޭ ސަރވޭތަކުގެ ސުވާލުކަރުދާސް ތައް ތައްޔާރުކުރުން.
  • ބިއުރޯގެ ފަރާރުން ކުރުމަށް ކަނޑައެޅޭ ސަރވޭތަކުގެ ޑޭޓާކަލެކްޝަން މަސައްކަތްކުރުން.
  • ބިއުރޯގެ ފަރާރުން ކުރުމަށް ކަނޑައެޅޭ ސަރވޭތަކުގައި ހަރަކާތް ތެރިވާނެ އެނިއުމަރޭޓަރުން ތަމްރީން ކުރުން.
  • ސަރވޭތަކުގެ ޓްރެއިނިންގ މެނުއަލް ތައްޔާރުކުރުމާއި އަޕްޑޭޓްކުރުން.
  • މި ބިއުރޯގެ ފަރާރުން ކުރުމަށް ކަނޑައެޅޭ ސަރވޭތަކުގެ މަޢުލޫމާތު ފޯމްތަކުގެ ޑޭޓާ އެންޓްރީގެ މަސައްކަތް ނިމުމުން ޑޭޓާ އެޑިޓިންގގެ މަސައްކަތް ކުރުން.
  • ސަރވޭތަކުގެ ކޯޑިންގ މެނުއަލް ތައް ތައްޔާރުކުރުމާއި އަޕްޑޭޓްކުރުން.
  • ބިއުރޯގެ ފަރާތުން ކުރުމަށް ކަނޑައެޅޭ ސަރވޭތަކުގެ މައުލޫމާތު ފޯމުތައް ކޯޑް ކުރުން.
  • ސަރުކާރުގެ އިދާރާތަކުންނާއި އަމިއްލަ ފަރާތްތަކުން ހުއްދަ ނަގައިގެން ކުރާ ހުރިހާ ތަފާސްހިސާބުގެ ސަރވޭތަކުގެ ރަޖިސްޓަރީއެއް ޤާއިމުކޮށް ބެލެހެއްޓުން.

މަޤާމު 2 ނެޝަނަލް އެކައުންޓްސް އެންޑް އިކޮނޮމިކް އެނަރލިސިސް

  • ޤައުމުގެ އިޤުތިޞާދު ތަރައްޤީވާ މިންވަރު (ޖީ.ޑީ.ޕީ) އަންދާޒާކުރުމުގައި އިޤުތިޞާދީ ބައިތަކުގެ އިންޑިކޭޓަރސް އަޕްޑޭޓްކުރުން.
  • ޤައުމުގެ އިޤުތިޞާދު ތަރައްޤީވާ މިންވަރު (ޖީ.ޑީ.ޕީ) އަހަރަކު ދެފަހަރު ރިވައިސްކުރުން.
  • ޤައުމުގެ އިޤުތިޞާދު ތަރައްޤީވާ މިންވަރު (ޖީ.ޑީ.ޕީ) ރިވައިސްކުރުމަށް ފަހު ރައިޓްއަޕް ތައްޔާރުކުރުން.
  • ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ އަހަރީ ހިސާބުތައް އެއްކުރުން.
  • ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ އަހަރީ ހިސާބުތައް އެކްސެލް ފޯމެޓަށް ބަދަލުކުރުން.
  • ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ އަހަރީ ހިސާބުތައް ޔޫ.އެން ގެ ސިސްޓަމް އޮފް ނޭޝަނަލް އެކައުންޓްސްއަށް ފެތޭނެހެން ކޯޑް ކުރުމާއި ކޮމްބައިން ކުރުން.
  • އިޤުތިޞާދީ ތަފާތުބައިތަކަށް ތައްޔާރުކުރެވޭ އިންޓަރ ގްރޭޓަޑް އެކައުންޓްސް ( ސެކްޓަރ އެކައުންޓްސް ) ތައްޔާރުކުރުން.
  • ބޭންކިންގ އަދި އިންޝުއަރެންސްގެ ދާއިރާގެ އަމިއްލަ ކުންފުނިތަކުގެ އަހަރީ ހިސާބުތައް ޔޫ.އެންގެ ސިސްޓަމް އޮފް ނޭޝަނަލް އެކައުންޓްސްއަށް ފެތޭނެހެން ކޯޑް ކުރުމާއި ކޮމްބައިން ކުރުން.
  • އިމާރާތްކުރުމުގެ ދާއިރާގެ އަމިއްލަ ކުންފުނިތަކުގެ އަހަރީ ހިސާބުތައް ޔޫ.އެން ގެ ސިސްޓަމް އޮފް ނޭޝަނަލް އެކައުންޓްސްއަށް ފެތޭނެހެން ކޯޑް ކުރުމާއި ކޮމްބައިން ކުރުން.
  • މުވާސަލާއުގެ ދާއިރާގެ އަމިއްލަ ކުންފުނިތަކުގެ އަހަރީ ހިސާބުތައް ޔޫ.އެންގެ ސިސްޓަމް އޮފް ނޭޝަނަލް އެކައުންޓްސްއަށް ފެތޭނެހެން ކޯޑް ކުރުމާއި ކޮމްބައިން ކުރުން.
  • ފެނާއި ކަރަންޓުގެ ހިދްމަތްދޭ އަމިއްލަ ކުންފުނިތަކުގެ އަހަރީ ހިސާބުތައް ޔޫ.އެން ގެ ސިސްޓަމް އޮފް ނޭޝަނަލް އެކައުންޓްސްއަށް ފެތޭނެހެން ކޯޑް ކުރުމާއި ކޮމްބައިން ކުރުން.
  • އެހެނިހެން ވިޔާފާރިއާއި ގުޅުންހުރި ޚިދުމަތްތަކުގެ ދާއިރާގެ އަމިއްލަ ކުންފުނިތަކުގެ އަހަރީ ހިސާބުތައް ޔޫ.އެން ގެ ސިސްޓަމް އޮފް ނޭޝަނަލް އެކައުންޓްސްއަށް ފެތޭނެހެން ކޯޑް ކުރުމާއި ކޮމްބައިން ކުރުން.
  • އަމިއްލަ ކުންފުނިތަކުގެ އަހަރީ ހިސާބުތަކުން ނެގޭ މަޢުލޫމާތު ދިރާސާކޮށް ރިޕޯޓު އެކުލަވައިލުން.
  • ސަރުކާރު ބައިވެރިވާ ވިޔަފާރި ކުންފުނިތަކުގެ އަހަރީ ރިޕޯޓުތައް އެއްކުރުން.
  • ސަރުކާރު ބައިވެރިވާ ވިޔަފާރި ކުންފުނިތަކުގެ އަހަރީ ރިޕޯޓުތައް ޔޫ.އެން ގެ ސިސްޓަމް އޮފް ނޭޝަނަލް އެކައުންޓްސްއަށް ފެތޭނެހެން ކޯޑް ކުރުމާއި ކޮމްބައިން ކުރުން.

މަޤާމުގެ މަސްއޫލިއްޔަތު

ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރާމަރ    

މަޤާމު

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ކްލެސިފިކޭޝަން

MS2

ރޭންކް

-/6295 ރުފިޔާ

މުސާރަ:

ސަރވިސް އެލަވަންސް: -/2000 ރ

ފިނޭންސް އެލަވަންސް: މުސާރައިގެ %35

އެހެނިހެން އިނާޔަތްތައް

 01 ބޭނުންވާ އަދަދު
 އެޑްމިން އެންޑް އައިޓީ ސެކްޝަން  ބޭނުންވާ ސެކްޝަން
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، މާލެ މަސައްކަތްކުރަންޖެހޭ ތަނާއި ރަށް
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާރކްސެއް ލިބެމުންދިޔުމާއެކު، އެމް.އެސް. 1 ރޭންކުގެ ޝަރުޠު ފުރިހަމަވެ އެރޭންކުގައި މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އެމް.އެސް 2 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާއެއް ފެންވަރުގެ މަޤާމެއްގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން، ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ އެ ފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން.
މަޤާމުގެ ޝަރުޠުތައް
  • އޮފީހުގައި ބޭނުންކުރާ ސޮފްޓްވެއަރ މެނޭޖްކޮށް މޮނިޓަރ ކުރެވޭނެ ނިޒާމެއް އެކުލަވައިލައި، މި މަސައްކަތްތައް ކުރިއަށް ދަނީ އެނިޒާމުގެދަށުންތޯ ބަލައި މޮނިޓަރކުރުން.
  • އޮފީހުގެ މަސައްކަތްތަކާ ގުޅިގެން ހޯދޭ IT ހާރޑްވެއަރ / އިކްއިޕްމަންޓްސް މެނޭޖްކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކޮށް މޮނިޓަރކޮށް ބެލެހެއްޓުން.
  • އޮފީހުގެ ވަޔަރޑް އަދި ވަޔަރލެސް ނެޓްވޯކް މެނޭޖްކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތަ ކޮށް މޮނިޓަރކޮށް ބެލެހެއްޓުން.
  • އޮފީހުގެ ވެބްސައިޓް މެޖޭން ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކޮށް މޮނިޓަރކޮށް ބެލެހެއްޓުން.
  • ޔުނިޓްގެ އަހަރީ ރިޕޯޓު ތައްޔާރުކުރުން.
  • ކުރިއަށް އޮންނަ އަހަރަށް ބޭނުންވާ ޔުނިޓްގެ ބަޖެޓް ތައްޔާރުކުރުން.
  • ވަޒީފާއާ ގުޅިގެން އޮފީހުން ކުރަންޖެހިއްޖެ ކޮންމެ ކަމެއްގައި ހަރަކާތްތެރިވުން.
  • އޮފީހުގެ މަސައްކަތްތަކުގައި IT އާގުޅިގެން ދޭންޖެހޭ އެހީއާއި އެއްބާރުލުން ދިނުން.
  • ސިވިލް ސަރވިސްގެ ޤާނޫނާއި، ގަވާއިދާއި، ކޯޑު އޮފް ކޮންޑަކްޓާއި އެއްގޮތްވާ ގޮތުގެ މަތިން ވަޒީފާ އަދާކުރުން.
މަޤާމުގެ މަސްއޫލިއްޔަތު

މިމަޤާމުތަކަށް ހޮވޭ ފަރާތްތަކަށް މުސާރައިގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީ ފައިސާ ދެވޭނެއެވެ.

އިތުރު އިނާޔަތްތައް

މިމަޤާމުތަކަށް ކުރިމަތިލައްވާ، މަޤާމުގެ ޝަރުޠުހަމަވާ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަރވިއު އާއި އިމްތިޙާނުކުރުން، އިޢުލާންއަށް މުއްދަތު ހަމަވާތާ ތިންހަފްތާތެރޭގައި މާލޭގައި އޮންނާނެއެވެ.

އިންޓަރވިއުކުރުމާއި، އަދި އިމްތިޙާނު ކުރުން
  • ވަޒީފާގެ ދާއިރާގެ މަސައްކަތުގެ މަޢުލޫމާތު ލިބިފައިވާ މިންވަރު
  • މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު
  • ޖިސްމާނީ، ނަފްސާނީ އަދި ފަންނީ ޤާބިލުކަން ހުރި މިންވަރު
މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް
  • ވަޒީފާއަށް އެދޭ ފޯމު
  • ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (ސެޓްފިކެޓެއްނަމަ އެކްރެޑިޓްކޮށްފައިވުން) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
  • ވަޒީފާއަށްއެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާދުގެ ދެފުއް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ
  • ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު (ސީވީ).
ހުށަހަޅަންޖެހޭ ލިޔުންތައް

 26 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ.

 ސުންގަޑި

  • ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެ.
  • މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349388 ނުވަތަ 3349395 ނަންބަރު ފޯނާއެވެ.

އިތުރު މަޢުލޫމާތު

12 މާރިޗު 2015
ހޯދާ