ދިވެހިރާއްޖެ
މިސްކޫލުގެ ޕީޓީއޭއިން ބަލަހައްޓަމުން ގެންދާ ޒުވާނުންގެ ރުއްގަނޑު ބީލަން އުޞޫލުން އެންމެ މަތީ އަގެއް ހުށައަޅުއްވާ ފަރާތަކަށް އެއް އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ކުރި ނަންބަރު GS126/2023/IUL/15 އިއުލާނުން ކުރިމަތިލީ ފަރާތްތަކުގެ އަގު ޕީ.ޓީ.އޭ އިން ކަނޑައަޅާފައިވާ އަގަށްވުރެ ކުޑަކަމަށް ފެންނާތީ އެއިއުލާން ބާތިލްކޮށް އަލުން އިއުލާންކުރީމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 26 ނޮވެމްބަރު 2023 ވާ އާދިއްތަ ދުވަހުގެ 11:00 ށް މިސްކޫލަށް ދުރުވެ އަގުބަޔާންކޮށް ސިޓީ ހުށައެޅުއްވުން އެދެމެވެ.މިކަމަށް އެދި ކުރިމަތިިލެވޭ އެންމެ ކުޑައަގަކީ 3000.00 ( ތިންހާސް ރުފިޔާ )އެވެ. މިކަމަށް އެދި ހުށަހަޅުއްވާ ސިޓީ އުރައިގެ ބޭރުގައި "ޒުވާނުންގެ ރުއްގަނޑު ކުއްޔަށް ހިފުމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ. މިކަމަށް އެދި ސިޓީހުށަހަޅުއްވާ ފަރާތްތަކުގެ ސިޓީތައްކެނޑުމަށް ހަމަޖެހިފައިވަނީ ސިޓީ ހުށަހެޅުއްވި ފަރާތްތަކުގެ ހާޟިރުގައެވެ. ސިޓީ ހުށަހަޅަން ބޭނުން ފުޅުވާ ފަރާތަކަށް ހާޟިރުވެވެން ނެތް ނަމަ އެފަރާތެއްގެ ބަދަލުގައި އެކަން އަންގައިދޭ ލިޔުމަކާއި އެކު އެހެންފަރާތަކަށް ހާޟިރުވެވިދާނެއެވެ. އަދި ދަންނަވަމެވެ. ގަޑިޖެހޭ އިރު ހާޟިރުނުވެވޭ ފަރާތްތަކުގެ ސިޓީ ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.