ދިވެހިރާއްޖެ
އިޢުލާން
އެލިއާ ޖެޓީގެ ދެކުނުގައި ބައުވެ ހަލާކުވެފައިވާ ސަތަރި ދޯނި ސިޓީ ލާ ނީލަމުގައި ވިއްކާލުން
ރަށްވެހިމަގު އެލިއާ ޖެޓީގެ ދެކުނުގައި އެހެލާފައިވާ ރަޖިސްޓަރީ ނަންބަރު P1406A-01{10-T} ޖަހާފައިވާ ނޫކުލައިގެ ދޯނި ސިޓީލާ ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. ނީލަމުގައި ބައިވެރިވާ ފަރާތްތަކުން ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 13:00 ގެ ކުރިން އެ ދޯނި ގަތުމަށް ބޭނުންވާ އަގު ހުށަހެޅުއްވުން އެދެމެވެ. ނީލަމަށް އަގު ހުށަހަޅާނީ ސިޓީން އަގު ހުށަހަޅާ ފޯމު (NL01) ފުރިހަމަކޮށް ސިޓީއުރާގައި ބަންދުކޮށް، ނީލަން ލުމަށް ކަނޑައަޅާފައިވާ ފޮށްޓަށް ލައިގެންނެވެ. ސިޓީއުރައިގެ ބޭރުގައި އަގުހުށަހަޅާ ނީލަމުގެ ނަންބަރު ލިޔަންވާނެއެވެ. ނީލަމަށް ސިޓީން އަގުހުށަހަޅާ ފޯމު މި އިޢުލާނާއެކު އެއްކަރުދާސް ކޮށްފައިވާނެއެވެ. އަދި މީގެ އިތުރުން، ނީލަމަށް ސިޓީން އަގުހުށަހަޅާ ފޯމު މި އޮފީހުގެ ރިސެޕްޝަނުންވެސް ލިބެން ހުންނާނެއެވެ.
ނީލަމަށް ކޮންމެ ދުވަހަކު މެންދުރު 13:00 އާ ހަމައަށް ހުށަހަޅާފައިވާ އެންމެ މަތީ އަގު އެ ދުވަހެއްގެ މެންދުރުފަހު 14:00 ގައި މި އޮފީހުގެ ނޯޓިސްބޯޑުގައި ޢާންމު ކުރެވޭނެއެވެ. ނީލަމަށް ހުށަހަޅާފައިވާ އެންމެ މަތީ އަގު ޖެހިޖެހިގެން ރަސްމީ 2 ދުވަހު އެއް އަގެއްގައި އޮވެއްޖެނަމަ، އެ އަގަކަށް ނީލަން ނިންމާލެވޭނެއެވެ.
ނީލަން ކާމިޔާބު ކުރާ ފަރާތުން ރަސްމީ 3 ދުވަހުގެ ތެރޭގައި ފައިސާ ދައްކާފައި ނުވާނަމަ، ނީލަން ބާޠިލު ކުރެވޭނެއެވެ.
ސިޓީ ލާ ނީލަމުގައި ވިއްކާލާ އުޅަނދުގެ ތަފްޞީލު ތިރީގައި މިވަނީއެވެ.
ނީލަން ނަންބަރު: 1
ރަޖިސްޓަރީ ނަންބަރު: P1406A-01(10-T)
ރަޖިސްޓަރީ ކުރި ތާރީޚް:
އިންޖީނު: ޔަންމާ 2T
ނީލަން ފެށޭއަގު: 35,000.00 (ތިރީސް ފަސްހާސް) ރުފިޔާ
ފަހަރަކު އިތުރު ކުރެވޭނެ އެންމެ ކުޑަ އަގު: 1,000.00 (އެއްހާސް) ރުފިޔާ
ދޯނީގެ ރަޖިސްޓްރީ: ނެތް
ރަޖިސްޓްރީކުރުން/ރަޖިސްޓްރީ ބަދަލުކުރުން: ނީލަމުންނަގާ ފަރާތެއްގެ އަމިއްލަ ކަމެއް.
ނީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އުޅަނދު ބަލާލުމުގެ އިންތިޒާމް 2023 ނޮވެމްބަރ 14 ވާ އަންގާރަ ދުވަހުން ފެށިގެން، ނީލަން ނިމެންދެން ހަމަޖެހިފައިވާނެއެވެ. ނީލަމަށް ސިޓީން އަގުހުށަހަޅާ ފޯމު ލާފޮށި 14 ނޮވެމަބަރ 2023 ން ފެށިގެން ނީލަން ނިމެންދެން މި އޮފީހުގެ ރިސެޕްޝަންގައި ބަހައްޓާފައި ހުންނާނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.