ދިވެހިރާއްޖެ
މަޤާމު: ސީނިއަރ އެނަލިސްޓް ޕްރޮގްރާމަރ
ބޭނުންވާ އަދަދު: 01 (އެކެއް)
މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 02
ރޭންކް: އެމް.އެސް 2
މުސާރަ: މަހަކު -/6,295 ރުފިޔާ
ސަރވިސް އެލަވަންސް: -/2,000 ރުފިޔާ
ކޮންފްލިކްޓް އޮފް އިންޓްރެސްޓް: މުސާރައިގެ %35
ވަޒީފާ އަދާ ކުރަންޖެހޭ ތަން: ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ، މާލެ
ޔުނިޓްގެ ނަން: ޕްރޮޖެކްސް
ފެންވަރު ނުވަތަ ޝަރުޠު:
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު:
- އައި.ޓީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު އައި.ޓީ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
- އައި.ޓީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު އައި.ޓީ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
- އައި.ޓީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލެ 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާރކްސެއް ލިބެމުންދިޔުމާއެކު އެމް.އެސް 1 ރޭންކުގެ ޝަރުޠު ފުރިހަމަވެ، އެރޭންކުގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
- އެމް.އެސް 2 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ މަޤާމެއްގައި، އައި.ޓީ ދާއިރާއެއްގައި 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން، ނުވަތަ އައި.ޓީ ދާއިރާއެއްގެ އެ ފެންވަރު މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން.
މައިގަނޑު މަސައްކަތް: އީ-ގަވަރމަންޓް ސިސްޓަމަށް ބޭނުންވާ އެޕްލިކޭޝަންތަކުގެ ރިކުއަރމަންޓް ތައްޔާރުކުރުމާއި ޑިވެލޮޕްކޮށް ޓެސްޓްކުރުމުގެ އިތުރުން ސިސްޓަމަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ކަނޑައަޅާފައިވާ ފެންވަރުގައި ބެލެހެއްޓުން.
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: 23 މާރިޗު 2015 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީއަށް ލިޔުމަކުންނެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައި)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
- ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމު މިއޮފީހުގެ ވެބްސައިޓް www.ncit.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެ އަދި މިއޮފީހުގެ ފްރަންޓް އޮފީހުންވެސް ލިބެން ހުންނާނެ)
- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއި މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން.
އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންނަމަ، ޢަމަލުކުރަންވީ ގޮތް: މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3344000 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3344004 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.
21 ޖުމާދަލްއޫލާ 1436