މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޮނުމަހުގެ މަސައްކަތް ކުރުމަށް ބިން ދޫކުރުން

މަސްވެރިކަމުގެ އެކިއެކި މަސައްކަތް ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުން ލޮނުމަހުގެ މަސައްކަތްކުރުމަށް، އެންމެ ރަނގަޅު އަގު ހުށައަޅާ ފަރާތްތަކަށް ބިން ކުއްޔަށް ދޫކުރުމަށް ކައުންސިލުންވަނީ ނިންމާފައެވެ.

  • ބިމުގެ ބޮޑުމިން : 1500 އަކަފޫޓު ( 50 ފޫޓު ، 30 ފޫޓު)
  • ބިމުގެ އަދަދު: 6 ބިން (އެއްފަރާތަކަށް 2 ބިމަށް އެދެވިދާނެ)
  • ބިން އޮތްތަން : ރަށުގެ ދެކުނުކޮޅުން (ސިނާއީ ބިންތަކާއި އިންވެގެން)
  • މަހަކަށް ހުށައެޅޭ އެންމެ ކުޑައަގު : އަކަފޫޓަކަށް 70 ލާރި (1050ރ)
  • ގްރޭސް ޕީރިއަޑްގެ ގޮތުގައި ދެވޭ މުއްދަތު: 3 މަސްދުވަސް (ކައުންސިލަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެ)
  • ހުށައެޅޭނެ އެންމެ ދިގު މުއްދަތު : 20 އަހަރުދުވަސް
  • މުއްދަތަށް އިތުރުކުރެވިދާނެ މުއްދަތު: ނަގާ މުއްދަތުގެ 50 އިންސައްތަ އަހަރު (މިކަން ޤާނޫނަކުން ބަދަލު ނުވާހާ ހިނދަކު)

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިއިދާރާގެނަމްބަރ 6540052 ފޯނާ ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު  22 ނޮވެމްބަރ 2023   ވާ ބުދަ ދުވަހު 13:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ.

13 ނޮވެންބަރު 2023
ހޯދާ