މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1 ވަނަ ތުލުސްދޫ ކައުންސިލް ވޮލީބޯޅަ މުބާރާތް 2023 އިންތިޒާމް ކޮށްދޭނެ ފަރާތެއް ހޯދުން

1 ވަނަ ތުލުސްދޫ ކައުންސިލް ވޮލީބޯޅަ މުބާރާތް 2023 އިންތިޒާމް ކޮށްދޭނެ ފަރާތެއް ހޯދުން

މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް 1 ވަނަ ތުލުސްދޫ ކައުންސިލް ވޮލީބޯޅަ މުބާރާތް 2023 އިންތިޒާމް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2023 ނޮވެމްބަރ 16 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާގެ އީމެއިލް ([email protected]) އަށް އީމެއިލް ކުރައްވާ ނަންނޯޓް ކުރެއްވުން އެދެމެވެ. އަދި އެއްވެސް މައުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 2023 ނޮވެމްބަރ 16 ވަނަ ދުވަހު 11:30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2023 ނޮވެމްބަރ 21 ވަނަ ދުވަހުގެ 11:00 އަށް ބިޑު ހުށައެޅުއްވުމަށް އެދެމެވެ. ބިޑް ހުޅުވުން އޮންނާނީ، ބިޑް ހުށަހަޅުއްވާ ދުވަހު، ހުށައެޅުއްވި ފަރާތްތަކުގެ ހާޟިރުގައި އެގަޑީގައެވެ. ބިޑްގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ފަރާތަކަށްވެސް ބިޑް ހުށައެޅޭނެއެވެ  

މިމަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކާއި ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާ ޖަމާއަތްތަކަށެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

13 ނޮވެންބަރު 2023
ހޯދާ