ދިވެހިރާއްޖެ
އިޢުލާން |
ނަންބަރ: |
(IUL)421/421/2023/55 |
ތާރީޚް |
29 ރަބީޢުލްއާޚިރާ 1445 |
|
13 ނޮވެމްބަރ 2023 |
އެއްގަމުލައިސަންސް ޓްރެކެއް ހެދުން
މިއިދާރާއިންދޭ ކުރެހުމާއި،މަޢުލޫމާތާއި އެއްގޮތަށް މިރަށުގައި އެއްގަމުލައިސަންސް ޓްރެކެއް ހެދުމަށް ބޭނުންވެގެންކުރި މިއިދަރާގެ ނަންބަރ: (IUL)421/421/2023/42 އިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް ކުރިމަތިލާފައި ނުވާތީ އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.
ވީމާ،މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް ހުޅުވާލެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން [email protected] އަށް އީމެއިލް ކޮށް ބިޑްގައި ރަޖިސްޓްރީވުމަށްފަހު ބަޔާންކޮށްފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ. ބިޑްގައި ރަޖިސްޓްރީ ވުމަށްޓަކައި ކުރާ އީމެއިލްގައި ރަޖިސްޓްރީވާ ފަރާތުގެ ވިޔަފާރީގެ ނަން،ވިޔަފާރީގެ ރެޖިސްޓްރީ ނަންބަރ،މަސްޢޫލުވާ ފަރާތުގެ ނަން،އީމެއިލް އެޑްރެސް އަދި ފޯނުނަންބަރ ހިމެނޭގޮތަށް ހުށަހަޅަންވާނެވެ. މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
ބީލަމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި |
21/11/2023 |
އަންގާރަ |
13:00 |
އަންދާސީ ހިސާބް ހުށަހެޅުމުގެ ސުންގަޑީ |
26/11/2023 |
އާދީއްތަ |
13:00 |
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
ހާޝިރު މުޙައްމަދު
ކައުންސިލްގެ ނާއިބް ރައީސް