ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އިންޖީނުގޭގެ ޢިމާރާތަށް ބަދަލު ގެނައުން

ނ. ފުވައްމުލަކުގައި ޢިމާރާތްކުރެވިފައިވާ އިންޖީނުގޭގެ ޢިމާރާތަށް ބަދަލު ގެނައުން

ޏ. ފުވައްމުލަކު އިންޖީނުގޭގެ ޢިމާރާތުގެ ސްޓްރަކްޗަރަށް ބައެއް އިތުރުކޮށް ބަދަލު ގެންނަން ބޭނުންވެގެން ކުރި އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް އަގުބޮޑުކަމަށް ފެންނާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް ތައްޔާރުކުރެވިފައިވާ މަޢުލޫމާތުޝީޓު ބަންދު ނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑި ހެނދުނު 08:00 ން 16:00 އަށް މި ކުންފުނީގެ ހެޑްއޮފީހުންނާއި (ޕޯޓް ކޮލްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަދި ޏ.ފުވައްމުލައްކު ބްރާންޗުން ލިބެން ހުންނާނެއެވެ. މަޢުލޫމާތުޝީޓުގައި ކުރަންހުރި މަސައްކަތްތަކުގެ އަންދާސީހިސާބު 19 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިކުންފުނީގެ ހެޑްއޮފީހަށް ނުވަތަ ޏ.ފުވައްމުލައްކު ބްރާންޗް އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމުގައި މާކްސް ދެވޭނެ މިންގަނޑު ތިރީގައި މިވަނީއެވެ.

  • އަގު: 70 މާކްސް
  • މަސައްކަތް ނިންމާ މުއްދަތު: 20 މާކްސް
  • މަސައްކަތުގެ ތަޖުރިބާ: 10 މާކްސް (މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.)

21 ޖުމާދަލްއޫލާ 1436

12 މާރިޗު 2015
ހޯދާ