މަޤާމު:
|
ޕްރޮކިއުމަންޓް އޮފިސަރ
|
ބޭނުންވާ އަދަދު:
|
01
|
ސެކްޝަން:
|
އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ޓެކްނިކަލް އޮފިސަރ(FINANCE 1)
|
އަސާސީ މުސާރަ:
|
-/6950 ރ.
|
ސާވިސް އެލަވަންސް:
|
-/2500 ރ.
|
ނޮންޕްރެކްޓިސިން އެލަވަންސް:
|
-/3127.50 ރ.
|
ވަޒީފާ އަދާކުރަންޖެހޭތަން:
|
މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، ކ.މާލެ
|
ފެންވަރު ނުވަތަ ޝަރުޠު:
|
- އޭ.ސީ.ސީ.އޭ ފަންޑަމެންޓަލް މޮޑިއުލްތައް (ނުވަތަ އެއާ އެއްވަރުގެ ޕްރޮފެޝަނަލް ކޯސްތަކެއް) ފުރިހަމަކޮށްފައިވުމާއެކު، އެކައުންޓިން ދާއިރާއިން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
- އެކައުންޓިން ދާއިރާއިން ޑިޕްލޮމާ ފުރިހަމަކޮށްފައިވުމާއެކު އެކައުންޓިން ދާއިރާއިން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
- އެކައުންޓިން/ފައިނޭންސް ދާއިރާއިން އެޑްވާންސް ސެޓްފިކެޓެއް ނުވަތަ ލެވެލް 4 ގެ ސެޓްފިކެޓެއް ހާސިލުކޮށްފައިވުމާއެކު، ޕްރޮކިއުމަންޓާ ގުޅުންހުރި ދާއިރާއަކުން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މަސްޢޫލިއްޔަތު:
|
- ސިވިލް އޭވިއޭޝަންގެ ޤާނޫނާއި ސިވިލް އޭވިއޭޝަންގެ ގަވާއިދުތަކާއި އެސް.އޯ.ޕީ ތަކުގައިވާ ގޮތުގެ މަތީން ޕްރޮކިއުމަންޓް އޮފިސަރގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާ ކުރަމުން ގެންދިއުން.
- ބީލަމުގައި ބައިވެރިވާ ފަރާތްތަކަށް (ބީލަންވެރިންނަށް) ވާދަވެރިކަމާއެކު ބައިވެރިވެވޭނެ ހަމަހަމަ ފުރުޞަތު ހޯދައިދިނުމާއި، ވަކިފަރާތަކަށް ނުޖެހި މަސައްކަތްކުރުން.
- ޕްރޮކިޔުމަންޓް ކަންތައްތަކާއި، ޕްރޮކިޔުމަންޓާ ގުޅުންހުރި ކަންތައްތަކާބެހޭގޮތުން، ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމާއި، ގަވާއިދުގައިވާ ގޮތުގެމަތިން މަޢުލޫމާތު ދޭންޖެހޭ ފަރާތްތަކަށް މަޢުލޫމާތު ދިނުން.
- ޕްރޮކިޔުމަންޓާބެހޭ އެންމެހައި މަޢުލޫމާތު ބެލެހެއްޓުމާއި، ގަވާއިދުގައިވާ ގޮތުގެމަތިން އެ މަޢުލޫމާތު ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން.
- އޮތޯރިޓީއަށް ބޭނުންވާ މުދާގަތުމާއި، ޚިދުމަތް ހޯދުމާއި، މަސައްކަތް ކުރުވާނެ ފަރާތްތައް، ގަވާއިދުގައިވާ ގޮތުގެމަތިން ހޯދުމާއި، ޕްރޮކިޔުމަންޓާބެހޭ އެންމެހައި ކަންތައްތައް ކުރުމާއި، ހިންގުމާއި، ބެލެހެއްޓުން.
- ބީލަމަށް ހުށަހަޅާ ޕްރޮކިޔުމަންޓްގެ ކަންތައްތަކާގުޅިގެން، ތައްޔާރުކުރަންޖެހޭ އެންމެހައި ލިޔެކިޔުންތައް، މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން ތައްޔާރުކުރުމާއި، ޝާއިޢު ކުރުމާއި، އިވެލުއޭޝަނާއި، ކޮމިޓީ މަރުހަލާގެ ނިންމުންތައް ނިމުމުން އެޕްރޮކިޔުމަންޓަކާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމާއި، ގަވާއިދުގައިވާ ގޮތުގެ މަތިން އެކަންތައްތައް ހިންގައި ބެލެހެއްޓުން.
|
ވަޒީފާއަށް ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:
|
- މަޤާމުގައި ކުރަންޖެހޭ މަސައްކަތާ ގުޅޭ ދާއިރާއެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން.
- ޕްރޮކިއުމަންޓާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރެވޭ ފަރާތަކަށްވުން.
- ދައުލަތުގެ މާލިއްޔަތު ގަވާއިދަށް އަހުލުވެރިވެފައިވުން.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން
|
26 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް
|
ހުށަހަޅަންޖެހޭ ލިޔުން |
- ވަޒީފާއަށް އެދޭ ފޯމު (އޮތޯރިޓީގެ ވެބްސައިޓުން (www.caa.gov.mv/forms.php) ލިބެން ހުންނާނެ)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
- ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ)ފޮޓޯކޮޕީ (އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވާ އަސްލު)
|
އިންޓަރވިއު ކުރުން: |
އަދި އިންޓަރވިއު އަށް ހާޒިރުކުރެވޭނީ ފޯމު ހުށަހަޅުއްވާ އަދި ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ކަމަށް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
|