މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2021ވަނަ އަހަރު ރ.އިނގުރައިދޫއިން ގޯއްޗަށް އެދި ހުށަހެޅި ފޯމްތަކާއި ގުޅޭ:

ޢިއުލާން 

2021ވަނަ އަހަރު ރ.އިނގުރައިދޫއިން ގޯއްޗަށް އެދި ހުށަހެޅި ފޯމްތަކާއި ގުޅޭ:

          2021 ވަނަ އަހަރު ރ.އިނގުރައިދޫއިން ދިރިއުޅުމަށްޓަކައި ދޫކުރުމަށް ކަނޑައަޅާފައިވާ 52 ( ފަންސާސް ދޭއް ) ގޯތި ދޫކުރުމަށް ކުރެވުނު ނަންބަރ: (IUL)309-ESM/309/2021/7 ( 14 ފެބްރުވަރީ 2021 )ގެ އިޢުލާނަށް އިޖާބަދީ، ހުށަހަޅާފައިވާ ފޯމްތަކާއިބެހޭ ތިރީގައިއެވާ މައުލޫމާތު އާންމު ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

  • ގޯއްޗަށް އެދި ފޯމް ހުށިހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތް.

        ދަންނަވަމެވެ. ގޯއްޗަށް އެދި ހުށަހަޅާފައިވާ ފޯމްތަކަށް، ޕޮއިންޓް ލިބިފައިވާ ގޮތާއިމެދު އެއްވެސް ޝަކުވާއެއް ހުށަހެޅުމަށް ބޭނުންފުޅުވާނަމަ ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު 12 ނޮވެންބަރ 2023 ން 20 ނޮވެންބަރ 2023ވާ ހޯމަ ދުވަހުގެ  ގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން 14:00ށް ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ. ޝަކުވާ ހުށަހަޅާނީ ތިރީގައިމިވާ ގޫގަލް ލިންކު މެދުވެރިކޮށް ނުވަތަ  ޝަކުވާ ހުށަހަޅާ ފޯމް މެދުވެރިކޮށެވެ. ޝަކުވާ ހުށަހަޅާ ފޯމް އިނގުރައިދޫ ކައުންސިލް އިދާރައިގެ ކައުންޓަރުންނާއި އަދި ދިވެހިރާއްޖޭގެ ގެޒެޓުން ލިބެން ހުންނާނެއެވެ.  އަނގަބަހުން ހުށަހަޅާ ޝަކުވާ ބަލައިގަނެވެން ނެތް ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

ގޫގަލްފޯމް:  https://forms.gle/tB8yMXx56t5Cwo4S9

       މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

12 ނޮވެންބަރު 2023
ހޯދާ