ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
ނެޓްވޯކް އެޑްމިނިސްޓްރޭޓަރ

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގައި މަސައްކަތް ކުރާނެ ހީވާގި، ޤާބިލު، މަސައްކަތައް ޝައުޤުވެރިވާ މީހުން ހޯދަން ބޭނުންވެއެވެ.

ބޭނުންވާ އަދަދު:

01 (އެކެއް)

މަސައްކަތުގެ މުއްދަތު:

01 (އެކެއް) އަހަރު ދުވަސް (މަސައްކަތުގެ ފެންވަރު ބެލުމަށް ފަހު މުއްދަތު އިތުރު ކުރެވޭނެ)

މަސައްކަތުގެ ވަގުތު:

ބަންދުނޫން ކޮންމެ ދުވަހަކު ހެދުނު 08:00 ހަވީރު 03:00 (އޮފީހުން ބޭނުންވެއްޖެ ޙާލަތެއްގައި ހަވީރު 05:00 ޖަހަންދެން މަސައްކަތް ކުރަންވާނެއެވެ.)

އުޖޫރަ:

  • އަސާސީ މަހަކު: -/15،000 ރުފިޔާ
  • ޕަރފޯމަންސް އެލަވަންސް: -/5،000 ރުފިޔާ
  • ހާޒިރީ އެލަވަންސް: -/3،500 ރުފިޔާ

ފެންވަރު/ޝަރުޠު

  • ކޮމްޕިއުޓަރ ސައިންސް ނުވަތަ މަގާމުގެ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުން.
  • މަޤާމުގެ މަސައްކަތާ ގުޅުން ހުރި ދާއިރާއެއްގައި މަދުވެގެން 02 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،
  • ސިސްކޯ ސަރޓިފިކެޓް އޭ.އެސް.އޭ ސްޕެޝަލިސްޓް، ސިސްކޯ ސަރޓިފިކެޓް އައި.އެސް.އޯ ސެކިއުރިޓީ ސްޕެޝަލިސްޓް
  • އޯއެސްއައި  މޮޑެލްގެ އިލްމު ހުރުމާއި، އެތޭރނެޓް ނެޓްވޯކް ކޮންފިގަރޭޝަން، ޓީސީޕީ/އައި.ޕީ، އައި.ޕީ އެޑްރެސްކުރުމާއި ކޭބަލް ކުރުމުގެ ހުނަރު ހުރުން.
  • ކްލައިންޓް ސަރވަރ، ވިންޑޯސް އެން.ޓީ / އެކްސް.ޕީ ސަރވަރ، އެޑްވާންސްޑް ސަރވަރ 2000، ވީއެމްވެއަރ އީއެސްއެކްސް ސަރވަރގެ ވަރޗުއަލައިޒޭޝަން، އެޑްމިނިސްޓްރޭޝަން، އަދި ލިނެކްސް/ ޔުނިކްސް ފަޔަރވޯލް އިންސްޓޯލްކޮށް ކޮންފިގަރ ކުރުމުގެ މަސައްކަތުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

(މިމަސައްކަތައް ބޭނުންވާ ފެންވަރާއި ޝަރުޠުގެ އިތުރު ތަފުސީލު އަދި "ޓާމްސް އޮފް ރިފަރެންސް" މިއޮފީހުގެ ވެބްސައިޓް (www.ncit.gov.mv) އިން ލިބެން ހުންނާނެއެވެ.)

މައިގަނޑު މަސައްކަތްތައް

ނޭޝަނަލް ކޮމްޕިއުޓިންގ ނެޓްވޯކް (އެން.ސީ.އެން) އަދި ވައިޑް އޭރިއާ ނެޓްވޯކް (ޑަބްލިއު.އޭ.އެން)ގެ އެޑްމިނިސްޓްރޭޓިންގ މަސައްކަތް ކުރުމާއި ލޯކަލް އޭރިއާ ނެޓްވޯކް އަދި ސަރވަރތައް ކޮންފިގަރކުރުން.

 (މިމަސައްކަތުގެ އިތުރު ތަފުސީލު އަދި "ޓާމްސް އޮފް ރިފަރެންސް" މިއޮފީހުގެ ވެބްސައިޓް (www.ncit.gov.mv) އިން ލިބެން ހުންނާނެއެވެ.)

ހުށަހަޅަންޖެހޭ ލިޔެކިއުންތައް:

 

  • ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  • ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރިފަރެންސް ލެޓަރ

ހުށަހަޅަންޖެހޭ ތާރީޚު: މި މަސަތްކަތައް ޝައުޤުވެރިވެލައްވާ ބޭފުޅުން  23 މާރިޗު 2015 ވާ ހޯމަ ދުވަހުގެ 15:00ގެ ކުރިން މަތީގައި ބަޔާންކޮށްފައިވާ ލިޔެކިއުންތަކާއެކު ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޯލޮޖީއަށް ނުވަތަ މިއޮފީހުގެ އީމެއިލަށް ([email protected]) ފޮނުއްވުން އެދެމެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އީމޭލް ކުރައްވާނީ [email protected]  އެޑްރެހަށެވެ.

އޮފީހުގެ މަޢުލޫމާތު:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،

64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު: 4000 334 (960) ، ފެކްސް ނަންބަރު: 4004 334 (960)

އީމެއިލް އެޑްރެސް: [email protected]   

ވެބްސައިޓް: www.ncit.gov.mv

21 ޖުމާދަލްއޫލާ 1436

10 މާރިޗު 2015
ހޯދާ