ދިވެހިރާއްޖެ
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
މިނިސްޓްރީ އޮފް ހެލްތް
މާލެ، ދިވެހިރާއްޖެ
(IUL) 182-REG/23/2023/22 :ނަންބަރު
އެލާރޓް
ކެއްސުމާއި ހުމާއި ރޯގާއަށް ބޭނުންކުރާ ދިޔާ ބޭހުގައި ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިއީތައިލިން ގްލައިކޯލް (DEG) އަދި އިތައިލީން ގްލައިކޯލް (EG) ހިމެނޭތޯ ކަށަވަރު ކުރުމަށް، މާކެޓުން ސާމްޕަލް ނަގާ ސްކްރީން ކުރިއިރު Pharmix Laboratorie, Pakistan އިން އުފައްދާ Cetirizine Oral Liquid 5mg/5ml ގެ ބްރޭންޑެއް ކަމަށްވާ Alergo ގެބެޗު ނަންބަރު: B220 ގައި DEG/EG ހުރިކަން ކަށަވަރުވެފައިވާތީ 7 ނޮވެމްބަރ 2023ގައި ވާނީ (IUL) 182-REG/23/2023/20 އެލަރޓްކޮށްފައެވެ.
އެއާއެކު މިބޭހުގެ އިތުރު ބެޗުތައްވެސް ސްކްރީން ކުރިއިރު ހުރިހާ ބެޗެއްގައިވެސް DEG/EG ހުރިކަންވަނީ މިހާރު ވަނީ ކަށަވަރުވެފައެވެ. (ބެޗު ނަންބަރ: K222 ، G204 ، L210އަދި J242) ވީމާ، މިއަދުން ފެށިގެން މިބޭހުގެ، މިބްރޭންޑްގެ އެއްވެސް ބެޗެއް ރާއްޖެ އެތެރެ ކުރުމާއި ވިއްކުމާއި ބޭނުން ކުރުމަކީ މަނާ ކަމެއް ކަމުގައި ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.
މިކަމަށް ބޭސް ވިއްކާ، ބޭސް ގަންނަ އަދި އެންމެހާ ރައްޔިތުންވެސް ސަމާލުވުމަށް ދަންނަވަމެވެ. މިބޭހުގެ ފޮޓޯއެއް މިއެލަރޓާއެކު ޝާއިއުކޮށްފައިވާނެއެވެ. އަދި މި ބޭސް ރާއްޖެ އެތެރެކޮށް ވިއްކާ ފަރާތްތަކުން، ބޭސް ނައްތާލުމަށް ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދެވުމަށްވެސް ދަންނަވަމެވެ.
މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ، މިއޮތޯރިޓީގެ ހޮޓްލައިން ނަންބަރ: 7200321 އަށް ގުޅުއްވުން އެދެމެވެ.