މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީޗް ކިއޮސްކްއެއް ހަދާދޭނެ ފަރާތެއް ހޯދުން

ދަރަވަންދޫ ރަސްގެ އޮޑި އަތިރިމަތީގައި ބީޗް ކިއޮސްކްއެއް 2 ފާޚާނާ އަދި ޝަވަރ ހިމަނައިގެން ހަދާދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.  މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާގައެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

2023 ނޮވެންބަރު 16 ވާ ބުރާސްފަތިދުވަހުގެ 11:00

ޕްރޮޕޯސަލް ހުށަހެޅުއްވުން

2023 ނޮވެންބަރު 22 ވާ ބުދަދުވަހުގެ 13:00

އަންދާސީ ހިސާބާއި އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާ ނަމަ، އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ

ހުވަނދުމާމަގު، ބ. ދަރަވަންދޫ، 06060، ދިވެހިރާއްޖެ.

ފޯން: 6602514، 6602519

އީމެއިލް: [email protected]

12 ނޮވެންބަރު 2023
ހޯދާ