މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ
ދިވެހިރާއްޖެ
ޖީ.އައި.އެސް އޮފިސަރ

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

ޖީ.އައި.އެސް އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް އެސް 1 (މެނޭޖީރިއަލް ސާރވިސް 1) / ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ބޭނުންވާ އަދަދު

01

ވަޒިފާ އަދާ ކުރަންޖެހޭ ރަށް / އޮފީހާއި، ސެކްޝަން

މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީ / ސްޕޭޝަލް ސެކްޝަން ، ކ.މާލެ

މަޤާމް ނަމްބަރު

256980

މުސާރައާއި އިނާޔަތްތައް

  • މުސާރަ: -/5،610 ރ
  • ސަރވިސް އެލަވަންސް: -/2،000ރ
  • ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35

(އިތުރުގަޑީގައި ކުރާމަސައް ކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.)

ޝަރުޠު

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާ (ޖިއޮގްރަފީ، ކާޓޮގްރަފީ، ޖީއައިއެސް، ކޮމްޕިއުޓަރ ޕްރޮގްރާމިންގ އަދި ޑޭޓާބޭސް މެނޭޖްމަންޓް) އަކުން:

  • ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައި ވުން، ނުވަތަ
  • ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލު ކޮށްފައިވުން. ނުވަތަ
  • ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ރާއްޖޭގައި ޤުދުރަތީގޮތުން އުފެދިފައިވާ ތަންތަނުގެ ނަންތަކުގެ އިންފޮމޭޝަން ސިސްޓްމެއްގައި ހިމެނޭ ޑޭޓާތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • ރާއްޖޭގައި ޤުދުރަތީގޮތުން އުފެދިފައިވާ ތަންތަނުގެ ރަސްމީ ޑިސްކްރިޕްޝަނެއް ތައްޔާރުކޮށް އަދި އެތަންތަނަށް ކިޔާނެ ރަސްމީ ނަންތަކުގެ ލިސްޓް ތައްޔާރުކުރުމުގެ މަސައްކަތުގައި އެހީތެރިވެދިނުން.
  • މެޕްތަކާއި އޭރިއަލް ފޮޓޯތައް ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ބޭނުންވާ އިމޭޖިންގް ޕްރޮސެސިންގ މަސައްކަތްކުރުން.
  • ރާއްޖޭގައި ކުރެހޭ މެޕްތަކުގެ ސްޓޭންޑަޑްތަކެއް ތައްޔާރުކުރުމުގެ މަސައްކަތުގައި އެހީތެރިވުން.
  • ޖީއައިއެސް އެޕްލިކޭޝަންތައް ބޭނުންކުރުމާއި، އެންޖީއައިއެސްއާ ބެހޭގޮތުން ސަރުކާރުގެ އޮފީސްތަކަށް ޓްރޭނިނިންގ ރާވައި ހިންގުމުގައި އެހީތެރިވުން.
  • ސެކްޝަނުން އެތަނުގެ މުވައްޒަފުންނަށް ހިންގާ ކުރުމުއްދަތުގެ އިންހައުސް ޓްރެއިނިންގ ރާވައި ހިންގުމުގައި އެހީތެރިވުން.
  • ޖީއައިއެސްއާއިބެހޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުމުގައި އެހީތެރިވުން.
  • މަތީގައިވާ ކަންތައްތަކާ ގުޅިގެން:
  • ފޮނުވަންޖެހޭ ސިޓީ ޑްރާފްޓްކުރުން، ސިޓީތަކާއި ލިޔުންތައް ފައިލްކުރިން އަދި ފައިލްތައް ބެލެހެއްޓުން.
  • މިނިސްޓްރީގެ ސެކްޝަންތަކަސް ފޮނުވަންޖެހޭ މެމޯ ޑްރާފްޓްކޮށް ފޮނުވުމާއި މެމޯ ފައިލްކޮށް ބެލެހެއްޓުން.
  • އެހެން އޮފީސްތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަށް ކުރުން.
  • ސެކްޝަނަށް އަންނަ ސިޓީތަކާއި ސެކްޗަނުން ބޭރަށްފޮނުވަންޖެހޭ ސިޓީތައް އެންޓަރކޮށް ބެލެހެއްޓުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮތޯރިޓީގެ ނަންބަރު 3004265 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް: ވަޒީފާއާއި ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ގަވާއިދަށް އަހުލުވެރިވެފައިވާ ފަރާތެއްކަމުގައިވުން.

  • ސުންގަޑި: 26 މާރިޗު 2015 ވާ ބުރާސްފަތިދުވަހުގެ މެންދުރު 12:00 ގެ ކުރިން 
  • އިންޓަރވިއު ބޭއްވޭނެ މުއްދަތު: މާރިޗު - އެޕްރީލް މަހުގެ ތެރޭގައި މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީގައި ބޭއްވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީއިންނާއި މިއޮތޯރިޓީގެ(http://www.surveyofmaldives.gov.mv ) ވެބްސައިޓުންނެވެ.)
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ މުއްދަތު އެނގޭގޮތަށް އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް (މުއްދަތު އެނގޭ ގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

21 ޖުމާދަލްއޫލާ 1436

12 މާރިޗު 2015
ހޯދާ