ދިވެހިރާއްޖެ
އިޢުލާން
ޔުނެސްކޯ ޔަންގް ޕްރޮފެޝަނަލްސް ޕްރޮގްރާމް 2023
ޔުނައިޓެޑް ނޭޝަންސް އެޑިޔުކޭޝަނަލް ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (ޔުނެސްކޯ) ގެ ފަރާތުން މެމްބަރު ޤައުމުތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ ޔަންގ ޕްރޮފެޝަނަލް ޕްރޮގްރާމް 2023 ގައި ރާއްޖޭގެ ޒުވާނުން ބައިވެރިވުމުގެ ފުރުޞަތުވަނީ ލިބިފައެވެ. މި ޕްރޮގްރާމަކީ 1 އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ޒުވާނުންނަކީ 1 ޖެނުއަރީ 1991 ގެ ފަހުން އުފަންވެފައިވާ އަދި 31 ޑިސެމްބަރ 2023 އަށް 32 އަހަރު ފުރިފައިނުވާ ފަރާތްތަކަށް ވާންޖެހެއެވެ.
މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަކީ އެޑިޔުކޭޝަން، ނެޗްރަލް ސައިންސަސް، ސޯޝަލް އެންޑް ހިޔުމަން ސައިންސަސް، އިންޓަރނޭޝަނަލް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް، ހިޔުމަން ރިސޯސް މެނޭޖްމަންޓް، ބިޒިނަސް އެޑްމިނިސްޓްރޭޝަން، ސައިކޮލޮޖީ، ލޯ، އޯޑިޓް، ފައިނޭންސް، އެކައުންޓިންގ، މީޑިއާ، ޖާރނަލިޒަމް، ޕަބްލިކް އިންފޮރމޭޝަން، ކަލްޗަރަލް ޕޮލިސީސް އެންޑް ޑިވެލޮޕްމަންޓް، އިންޓަރނޭޝަނަލް ރިލޭޝަންސް އެންޑް ޕޮލިޓިކަލް ސައިންސަސް ގެ ދާއިރާއިން އެޑްވާންސް ޔުނިވަރސިޓީ ޑިގްރީ (މާސްޓަރސް ނުވަތަ އެފެންވަރުގެ) ސެޓްފިކެޓެއް ޙާޞިލްކޮށްފައިވާ ފަރާތްތަކަށް ވާންޖެހޭނެއެވެ. އަދި މީގެ އިތުރުން އެކްސެލެންޓް ނޮލެޖް އޮފް އިންގްލިޝް ނުވަތަ ފްރެންޗް އަކީ މުހިއްމު އެސެޓް އެކެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ތރީގައިވާ ތާވަލްއާ އެއްގޮތަށް މަޢުލޫމާތު ފުރިހަމަކުރުމަށް ފަހު 1 ޝަފްޙާއަށްވުރެ ދިގު ނޫން (އަމިއްލަ ޓެމްޕްލޭޓެއްގެ މައްޗަށް ލިޔެފައިވާ) ސީވީ އެއް ހުށަހަޅަންވާނެއެވެ.
Comments |
Field of Study/ Specialization |
Degree (Masters/PhD) |
Email Address |
Phone Number |
Date of Birth |
First Name |
Family Name |
Gender (F/M) |
|
|
|
|
|
|
|
|
|
މި ޕްރޮގްރާމަށް ނަންހުށަހަޅާފަރާތްތަކުން އޮންލައިން އެޕްލިކޭޝަން އެއް ހުށަހަޅަން އަދި ފަހުން ދަޢުވަތު ދެވޭނެއެވެ. ހުށަހަޅާ އެޕްލިކޭޝަންތައް ރިވިއުކޮށް، އެސެސްކުރުމަށްފަހު ޝޯރޓްލިޓްކުރެވޭ ކެންޑިޑޭޓުންނަށް އިންޓަރވިއު ޕެނަލް އަކުން އިންޓަރވިއު ކުރެވޭނެއެވެ.
މި ޕްރޮގްރާމަށް ޝަރުތު ފުރިހަމަވެގެން ހޮވޭފަރާތްތައް، ރެގިއުލަރ ފިކްސްޑް-ޓާރމް ކޮންޓްރެކްޓް އަކަށް އެޕޮއިންޓްކުރެވޭނީ ޔުނެސްކޯ ސްޓާފް މެންބަރުންގެ ގޮތުގައެވެ. މިގޮތުން ހޮވޭ މަގާމްތަކުގައި މަސައްކަތްކުރާނީ ޕެރިހުގައި ހުންނަ ޔުނެސްކޯ ހެޑްކުއާޓަރސް ގައި ނުވަތަ ދުނިޔޭގެ އެހެންވެސް ގައުމެއްގައި ހުންނަ ޔުނެސްކޯ ސްޓަފެއްގެ ގޮތުގައި ފީލްޑް އޮފީހެއްގައެވެ. މި ކެންޑިޑޭޓުންގެ ކޮންޓްރެކްޓް އާކުރުން ބިނާވެފައި އޮންނާނީ ފުރަތަމަ 9 މަހުގެ ޕްރޮބޭޝަނަރީ-ޕީރިއަޑް ގެ ޕަރފޯމަންސް އިވެލުއޭޝަން ގެ މައްޗަށެވެ.
ފުރަތަމަ 12 މަސް ދުވަހުގެ ޚިދުމަތުގެ މުއްދަތުގައި މި ޒުވާން ޕްރޮފެޝަނަލުން، އެ ފަރާތްތަކަށް އެހީތެރިވެދޭނެ މެންޓަރ އަކާއެކު މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި މީގެ އިތުރުން އެފަރާތްތަކުން ޝައުގުވެރިވާ ޔުނެސްކޯއާއި ގުޅޭ ތަފާތު ދާއިރާތަކުން ޓްރެއިންނިންގ ފުރުސަތުތައްވެސް ލިބިގެންދާނެއެވެ.
މި ކަމަކީ ޒުވާނުންގެ ކުރިމަގު ބިނާކުރުމުގައި އެހީތެރިވެދޭނެ ރަނގަޅު ފުރުސަތެކެވެ. ވީމާ މި ފުރުސަތުގެ ބޭނުން ދިވެހި ޒުވާނުން ހިފުމަށް ޔުނެސްކޯ، ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ފަރާތުން އިލްތިމާސްކުރަމެވެ.
ވީމާ، މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މޯލްޑިވްސް ނެޝަނަލް ކޮމިޝަން ފޮރ ޔުނެސްކޯ، މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގެ އީމެއިލް އެޑްރެސް: [email protected] [email protected], އަށް އީ މެއިލް މެދުވެރިކޮށް 26 ނޮވެމެބަރ 2023 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.
12 ނޮވެމްބަރ 2023