ދިވެހިރާއްޖެ
(IUL)438-WMPC/438/2023/507 :ނަމްބަރު
މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް - މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ވަޒީފާއަށް ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު-މޮނީޓަރިންގ އެންޑް އިވެލުއޭޝަން ސްޕެޝަލިސްޓް
ދިވެހިރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށްޓަކައި ވޯރލްޑް ބޭންކުގެ ހިލޭ އެހީގައި މި މިނިސްޓްރީއިން ހިންގާ ސާފު ރާއްޖެ – މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި އެކުލަވާލެވިފައިވާ މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީ.އެމް.ޔޫ)ގެ މޮނީޓަރިންގ އެންޑް އިވެލުއޭޝަން ސްޕެޝަލިސްޓްގެ މަޤާމަށް ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ކުރާނެ މުވައްޒަފެއް ހޯދުމަށް ބޭނުންވެއެވެ.
މިގޮތުން މި މަޝްރޫޢުގެ މޮނީޓަރިންގ އެންޑް އިވެލުއޭޝަން ސްޕެޝަލިސްޓް ގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މަޝްރޫޢުގެ އެކިއެކި ހަރަކާތްތައް ކަނޑައެޅިފައިވާ ވަގުތާއި ފެންވަރު ބެލޭވަރުގެ އިވެލުއޭޝަން އަދި މޮނިޓަރިންގ ފްރޭމްވާރކްއެއް ތައްޔާރުކޮށް، ޕްރޮޖެކްޓްގެ އެކިއެކި މަސައްކަތްތައް ޑޯނަރ އެޖެންސީގެ އިރުޝާދާ އެއްގޮތްވާގޮތުގެމަތިން މޮނިޓަރކޮށް، ޕްރޮޖެކްޓް ޓީމާއި ކަމާގުޅޭ ފަރާތްތަކާއި ގުޅިގެން މަސައްކަތްތައް ހިންގައި، އިވެލުއޭޓްކޮށް، މޮނިޓަރކުރުމާއި ރިޕޯޓްތައް ތައްޔާރުކުރުން އަދި އެކުލަވާލެވޭ ފްރޭމްވާރކްއާއި އެއްގޮތަށް މަސައްކަތް ކުރިއަށްގެންދިޔުން ހިމެނެއެވެ.
މޮނީޓަރިންގ އެންޑް އިވެލުއޭޝަން ސްޕެޝަލިސްޓް މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަކުގެ ތެރޭގައި:
1) ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓް، ޕްރޮޖެކްޓް މޮނިޓަރިންގ އެންޑް އިވެލުއޭޝަން ނުވަތަ މަސައްކަތާއި ގުޅޭދާއިރާއިން ބެޗްލާރސް ޑިގްރީ ހާޞިލްކޮށްފައި ވުމާއިއެކު މަދުވެގެން 10 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި މި 10 އަހަރުގެ ތަޖުރިބާގެ ތެރޭގައި ޑޯނަރ ފަންޑެޑް ޕްރޮޖެކްޓެއްގައި މޮނިޓަރިނގް އެންޑް އިވެލުއޭޝަން ސްޕެޝަލިސްޓެއްގެ ގޮތުގައި މަދުވެގެން 1 އަހަރު މަސައްކަތް ކުރިކަމުގެ ތަޖުރިބާ ހިމެނިފައިވުން
ނުވަތަ
2) ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓް، ޕްރޮޖެކްޓް މޮނިޓަރިންގ އެންޑް އިވެލުއޭޝަން ނުވަތަ މަސައްކަތާއި ގުޅޭ ދާއިރާއަކުން މާސްޓާރސް ޑިގްރީ ހާޞިލްކޮށްފައި ވުމާއިއެކު މަދުވެގެން 05 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން އަދި މި 5 އަހަރުގެ ތަޖުރިބާގެ ތެރޭގައި ޑޯނަރ ފަންޑެޑް ޕްރޮޖެކްޓެއްގައި މޮނިޓަރިނގް އެންޑް އިވެލުއޭޝަން ސްޕެޝަލިސްޓެއްގެ ގޮތުގައި މަދުވެގެން 1 އަހަރު މަސައްކަތް ކުރިކަމުގެ ތަޖުރިބާ ހިމެނިފައިވުން.
މީގެ އިތުރުން:
- ބައިނަލްއަޤަވާމީ އެހީދޭ ޖަމިއްޔާއެއްގެ ޕްރޮޖެކްޓެއްގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
- އަދި ބައިނަލްއަޤްވާމީ އެހީދޭ ޖަމިއްޔާގެ ޕްރޮޖެކްޓްތައް ބޭނުންވާ މިންވަރަށާއި ދެމެހެއްޓެނިވިކަން ވަޒަންކުރެވޭނެގޮތް ބެލޭނެފަދަ އަދި ޕްރޮޖެކްޓްތަކުން ނިކުންނަ ނަތީޖާ ބެލުމަށްޓަކާ މޮނިޓަރިންގ އެންޑް އިވެލުއޭޝަން ޕްރޭމްވާރކް ޑިޒައިންކޮށް މަސައްކަތްކޮ ށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
- މައިކްރޯސޮފްޓް އޮފީސް ބޭނުންކުރަން އެގުމާއި މަޝްރޫޢު ހިންގުމުގައި ބޭނުންކުރާ އެހެނިހެން ސޮޕްޓެވެއަރތައް (ޕްރޮޖެކްޓް އޮފީސް) ބޭނުންކުރަން އެނގޭ ފަރާތަކަށް އިސްކަން ދެވޭނެއެވެ.
- އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުމާއިއެކު ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވާ ފަރާތަކަށް އިސްކަން ދެވޭނެއެވެ.
- ޕްރޮޖެކްޓާއިބެހޭ މަޢުލޫމާތު، ޕްރޮޖެކްޓްގެ މަސައްކަތުގެ ލަނޑުދަޑިތައް ރަނގަޅަށް އެނގި އެލަނޑުދަތިތައް ޙާސިލްކުރުމަށް ކުރަންޖެހޭ ކަންތައްތައް ނަގައިގަތުމުގެ ހުނަރާއި ގާބިލިއްޔަތުކަން ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށް ވުމާއި އެކު ޕްރޮޖެކްޓްގެ ބޭނުމަށް ރަށްރަށަށް ދަތުރުކުރެވޭނެ މީހަކަށް ވުން.
ވީމާ މި މަޤާމަށް ޝަޢުޤުވެރިވާ ފަރާތްތައް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އިން ހުޅުވައިލަމެވެ. މިގޮތުން މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތުކުން ތިރީގައިވާ މަޢުލޫމާތު ހުށަހެޅުއްމަށް އެދި ދަންނަވަމެވެ. މިމަޤާމުގެ ޓާރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރ) މި އިޢުލާނާއި އެކު ގެޒެޓުގައި ޝާއިޢު ކޮށްފައިވާނެއެވެ.
ވަޒީފާއަށް އެދި ހުށަހަޅުއްވާއިރު ހުށަހަޅަން ޖެހޭ ލިއެކިއުންތައް:
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު، ވަނަވަރުގައި ކުރީގެ ތަޖްރިބާ ރަނގަޅަށް އެނގޭނެހެން ތަފްޞީލްކޮށް ލިޔެފައި ހުންނަންވާނެއެވެ.
- ކުރީގައި ވަޒީފާ އަދާކޮށްފައިވާ ގޮތާއިބެހޭގޮތުން ވަޒީފާ އަދާކޮށްފައިވާ ތަންތަނުން ދީފައިވާ ލިއުންތައް
- ވަޒީފާއަށް އެދި ހުށަހަޅާފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ އަދި ޕްރޮފެޝަނަލް ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި. ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ އެޓެސްޓް ކޮށްފައި ހުންނަންޖެހޭނީ ސެޓްފިކެޓްގެ އެކްރެޑިޓް ކޮށްފައިވާ އަސްލުގެ ކޮޕީ ގައެވެ.
ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ ސިވިލް ސަރވިސްގައި މަސައްކަތް ކުރަމުންދާ ފަރާތެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން އެޕްލިކޭޝަން އާއި އެކު ހުށަހަޅަންވާނެއެވެ.
ވަޒީފާއަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ކިއުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
ވަޒީފާއަށް ހޮވޭފަރާތްތަކުން މަސައްކަތްކުރަންޖެހޭނީ މަތީގައި ދަންނަވާފައިވާ މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓްގައެވެ.
ި މަޤާމަށް ކަނޑައަޅާފައިވާ އުޖޫރަ
ތިރީގައިވާ ތާވަލުގައި އެވަނީ މިމަޤާމަށް ކަނޑައެޅިފައިވާ މަހު މުސާރައެވެ. މިމުސާރައިގެ އިތުރުން، ވަކި ޤާނޫނަކުން ލާޒިމުކުރާ ޢިނާޔަތެއްފިޔަވާ އިތުރު އެހެން އެއްވެސް ޢިނާޔަތެއް ދިނުމަށް ހަމަޖެހިފައެއް ނުވެއެވެ.
މަޤާމުގެ ނަން |
ބޭނުންވާ ޢަދަދު |
މުއްދަތު |
މަހު މުސާރަ |
މޮނީޓަރިންގ އެންޑް އިވެލުއޭޝަން ސްޕެޝަލިސްޓް |
1 |
13-12 މަސް |
28،170 ދިވެހި ރުފިޔާ އާއި 32،400 ދިވެހި ރުފިޔާ |
ސުންގަޑި
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2023 ނޮވެމްބަރ 22 ވަނަ ދުވަހުގެ 12:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ތިރީގައިވާ އީމެއިލް އެޑްރެހަށް [email protected] ފޮނުއްވުން އެދެމެވެ.
އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:
މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ،
ނޭޝަނަލް ސެންޓަރ ފޯރ އިންފޯމޭޝަން އެންޑް ޓެކްނޯލޮޖީ ބިލްޑިނގް
ކަލާފާނު ހިނގުން، މާލެ، 20392، ދިވެހިރާއްޖެ
އީމެއިލް އެޑްރެސް: [email protected]
ފޯނު ނަންބަރު: 3018300 ، 3018451