މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ ޖެނެރަލް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މިނިސްޓްރީގެ ނަންބަރު 32/IUL)22-D/22/2014 (އެޕްރީލް 3، 2014) އިޢުލާނުގައިވާ މަޤާމުގެ މަސައްކަތްތަކަށް ބަދަލު އައިސްފައިވާތީ، އެ އިޢުލާން ބާޠިލުކޮށް، އެ މަޤާމަށް އަލުން އިޢުލާނު ކުރަމެވެ.

މަޤާމް: ޑިރެކްޓަރ ޖެނެރަލް

ބޭނުންވާ އަދަދު: 1 (އެކެއް)              

ރޭންކް: އީ. އެކްސް 5

ކްލެސިފިކޭޝަން: ޑިރެކްޓަރ ޖެނެރަލް  

މުސާރަ:  -/13890 ރުފިޔާ

ސަރވިސް އެލަވަންސް: -/2000 ރުފިޔާ

ވަޒީފާ އޮތް އޮފީސް: މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ގިންތި:  ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ސްކޫލް އެޑްމިނިސްޓްރޭޝަން ޑިވިޝަން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން / މާލެ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ސަރުކާރުގެ ސްކޫލަތަކުން ދެވޭ ތަޢުލީމުގެ ފެންވަރު މަތިކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭ ގޮތުން ސްކޫލްތައް ހިންގުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް އެކުލަވައިލަންޖެހޭ އުޞޫލުތައް އެކުލަވައިލުން.
  2. ސަރުކާރުގެ ސްކޫލްތައް ހިންގުމުގެ މަސައްކަތްތަކާ ގުޅޭގޮތުން ސްކޫލް އެޑްމިނިސްޓްރޭޝަން ޑިވިޜަން ހިންގުމުގެ އެންމެހައި މަސައްކަތްތައް ރާވައި، ބެލެހެއްޓުން.
  3. ސަރުކާރުގެ ސްކޫލްތައް ހިންގުމުގެ މަސައްކަތާ ގުޅޭގޮތުން މަރުކަޒީ ފެންވަރުގައި މިނިސްޓްރީން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމާއި، އެފަދަ ސްކޫލްތައް ހިންގުން ހަރުދަނާކުރުމަށް މަޝްރޫޢުތައް ރޭވުމާއި، އެގޮތުން ރޭވޭ މަޝްރޫޢުތައް ހިންގައި ބެލެހެއްޓުން.
  4. ސަރުކާރުގެ ސްކޫލްތައް ހިންގުމުގެ ސިޔާސަތުތައް އެކުލަވައިލުމުގެ ޢަމަލީ މަސައްކަތްކޮށް، އެފަދަ ސިޔާސަތުތައް ތަންފީޒުކުރުމަށް ހަދަންޖެހޭ ސްޓްރޭޓެޖިކް ޕްލޭނާއި، އެކްޝަން ޕްލޭންތައް ހަދައި، އެ ޕްލޭންތައް ތަންފީޒުކުރުމުގެ ޢަމަލީ މަސައްކަތް ކުރުން.
  5. ސަރުކާރުގެ ސްކޫލްތައް ހިންގުމުގެ ކަންކަމާ ގުޅޭގޮތުން ހަދަންޖެހޭ ޤަވާއިދުތައް ހެދުމާއި، އެ ޤަވާޢިދުތައް އިޞްލާޙުކުރުމާއި، ތަންފީޒުކުރުން.
  6. މިނިސްޓްރީ އޮފް ޢެޑިޔުކޭޝަނުގެ ސްކޫލްސް ޑިވިޜަނުގެ ފަރާތުން ދޭ ޚިދުމަތްތައް ލިބިގަންނަ ފަރާތްތަކަށް، ވީހާވެސް ޚަރަދު ކުޑަ، ލުއި ފަސޭހަގޮތަކަށް، އަވަސް ޚިދުމަތްދެވޭނެ ގޮތްތައް ހޯދައި، ތަރައްޤީކޮށް، ކަމަށް ބޭނުންވާނެ ގައިޑްލައިންތަކާއި، ޕްރޮސީޖަރތަކާއި، އުޞޫލުތައް އެކުލަވާލައި، އެތަކެއްޗަށް ޢަމަލުކުރަމުން ގެންދިޔުން.
  7. ސްކޫލް އެޑްމިނިސްޓްރޭޝަން ޑިވިޜަނުގެ މުވައްޒަފުންގެ މަސައްކަތް ހަލުވިކޮށް، ދާއިރާގެ ކުރިއެރުމަށާއި، މުވައްޒަފުންގެ ކުރިއެރުމަށް ބޭނުންވާނެ ތަމްރީންތައް ދެނެގަނެ، އެފަދަ ފުރުޞަތުތައް ހަމަޖެހިފައިފައިވާ ޤަވާޢިދުތަކުގެ ތެރެއިން މުވައްޒަފުންނަށް ހޯދައިދިނުމަށް މަސައްކަތް ކުރަމުން ގެންދިޔުން.
  8. ސްކޫލް އެޑްމިނިސްޓްރޭޝަން ޑިވިޜަނުގައި ބޭނުންކުރާ މުދަލާއި ފައިސާއާއި އެނޫންވެސް ވަސީލަތްތައް ބޭނުންކުރެވެމުންދަނީ ޤާނޫނުތަކާއި ޤަވައިދުތަކާ އެއްގޮތަށްކަން ކަށަވަރުކޮށް، އެކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިޔުން.
  9. ސްކޫލް އެޑްމިނިސްޓްރޭޝަން ޑިވިޜަނުގެ އެންމެހައި ކަންކަން ތަރައްޤީކުރުމަށް މަސައްކަތްކުރުމާއެކު، ކުރިޔަށްދިޔުމަށް މުވައްޒަފުންނަށް މަގުދައްކައި އެހީތެރިވެދިނުން.
  10. ސްކޫލް އެޑްމިނިސްޓްރޭޝަން ޑިވިޜަނުގެދަށުން ހިގަމުންދާ ތަންތާނގެ މަސައްކަތް ވިލަރެސްކޮށް ބެލެހެއްޓޭނެ އިންތިޒާމް ޤާއިމްކޮށް، އެކަން ހިންގުން.
  11. މިނިސްޓްރީ އޮފް ޢެޑިޔުކޭޝަނުގެ ސްކޫލް އެޑްމިނިސްޓްރޭޝަން ޑިވިޜަނުގެ މަސައްކަތާ ގުޅޭގޮތުން ޖަވާބުދާރީވާންޖެހޭ އެންމެހައި ފަރާތްތަކަކަށް ޖަވާބުދާރީވުން.

މަޤާމުގެ ޝަރުޠު:                                                

  1. އެޑިޔުކޭޝަނަލް މެނޭޖްމަންޓް ނުވަތަ ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 12 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. އެޑިޔުކޭޝަނަލް މެނޭޖްމަންޓް ނުވަތަ ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 10 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. އެޑިޔުކޭޝަނަލް މެނޭޖްމަންޓް ނުވަތަ ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  4. އެޑިޔުކޭޝަނަލް މެނޭޖްމަންޓް ނުވަތަ ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  5. އެޑިޔުކޭޝަނަލް މެނޭޖްމަންޓް ނުވަތަ ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  6. އެޑިޔުކޭޝަނަލް މެނޭޖްމަންޓް ނުވަތަ ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  7. އެޑިޔުކޭޝަނަލް މެނޭޖްމަންޓް ނުވަތަ ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 9 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ރ. މީގެ އިތުރުން، ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލޭނެއެވެ.

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން އޮންނާނީ، 2015 މާރިޗު24 އާއި 30 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަވިއު ކުރުމަށާއި، ޕްރެޒެންޓޭޝަން ހުށަހެޅުމަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.moe.gov.mvން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

- މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ހ. ވެލާނާގެ (8 ވަނަ ފަންގިފިލާ) ކައުންޓަރަށް.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 މާރިޗު 23 ވަނަ ދުވަހުގެ 14:30 ގެ ކުރިން.

ނޯޓް:  

- މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައި ދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ 3341418 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

21 ޖުމާދަލްއޫލާ 1436

12 މާރިޗު 2015
ހޯދާ