މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ވާރޭފެން ރައްކާކުރުމަށް ބޭނުންވާ ކަޅުހަން އެރަށްތަކަށް ގެންގޮސް ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ސަރުކާރުގެ ފަރާތުން ހދ. ހަނިމާދޫގައި ޢިމާރާތް ކޮށްފައިވާ 70 ގެއަށާއި ހދ. ނޮޅިވަރަންފަރުގައި ޢިމާރާތް ކޮށްފައިވާ 52 ގެއަށް ވާރޭފެން ރައްކާކުރުމަށް ބޭނުންވާ ކަޅުހަން، އެރަށްތަކަށް ގެންގޮސް މި މިނިސްޓްރީން ދޭ ކުރެހުމާ އެއްގޮތަށް ހަރުކުރުމުގެ އެންމެހާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ޝެޑިއުލާ އެއްގޮތަށް އަންދާސީހިސާބު މި މިނިސްޓްރީއަށް ހުށަހަޅައިދެއްވުން އެދެމެވެ.

ތާރީޚު

ވަގުތު

ތަފުސީލު

18 މާރިޗު 2015

11:00

ޕްރީ ބިޑް

23 މާރިޗު 2015

11:00

ބިޑް ހުޅުވުން

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

އިންޖިނިއަރިންގ ސެކްޝަން

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ.

އަމީނީ މަގު،

މާލެ، ދިވެހިރާއްޖެ.

ފޯން: 3004300  ފެކްސް:3004301

އީ-މެއިލް: [email protected]

18 ޖުމާދަލްއޫލާ 1436

09 މާރިޗު 2015
ހޯދާ