މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިމާރާތުގެ ހުޅަނގު ފަރާތަށް އިތުރު ކުރާ ބައި ހެދުމާއި ގުޅޭ

 

އިޢުލާން

ކައުންސިލް އިމާރާތުގެ ހުޅަނގު ފަރާތަށް އިތުރު ކުރާ ބައި ހެދުމާއި ގުޅޭ

            މި އިދާރާގެ އިއުލާން ނަންބަރ IUL)285/D/2/2023/62) އާއި ގުޅިގެން އެކަށީގެން ވާވަރަށް މައުލޫމާތު ސާފުކޮށްފައި ނުވާތީ އިއުލާން ބާޠިލްކޮށް އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިލާންކުރަމެވެ. ވީމާ މިކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް ހެނބަދޫ ކައުންސިލް އިދާރާގެ ހުޅަނގުފަރާތުގައި ސްޓޮކް ރޫމް، އ.ތ.މ ކޮމެޓީ ރޫމް، ނަމާދު ކުރާބައި އަދި 2 ފާޚާނާ ހެދުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 ނޮވެމްބަރ 2023 ވާ އާދިއްތަ ދުވަހުގެ 13:00ށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 23 ނޮވެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00ށް މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

            މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެން ބޭފުޅަކު ފޮނުއްވާނަމަ އެއީ ބަދަލުގައި ފޮނުއްވި ފަރާތެއްކަން އެނގޭފަދަ ލިޔުމަކާއިއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. އަދި ދަންނަވަމެވެ. މިޢިއުލާނަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރ: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

            މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 ރަބީޢުލް އާޚިރް 1445

12 ނޮވެމްބަރ 2023

 

 

 

 

 

12 ނޮވެންބަރު 2023
ހޯދާ