މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. ކެނދިކުޅުދޫ ބަނދަރު ސަރަޙައްދުގައި ކެފޭ/ރެސްޓޯރަންޓް ހިންގުމަށް ބިން ކުއްޔަށް ދޫކުރުން

ނ. ކެނދިކުޅުދޫ ބަނދަރުގެ އުތުރުގައި ހުރި "ޕްރޮޓޯން ވައިބްސް"ގެ އުތުރުން، ސްޓޭޑިއަމްއާއި އިންވެގެން އޮތް ހުސްބިމުން 3700 އަކަފޫޓުގެ ބިމެއް ކުއްޔަށް ދޫކުރުމަށް އިޢުލާނު ކުރަމެވެ. ވީމާ މިދެންނެވި ސަރަޙައްދުގައި ކެފޭ/ ރެސްޓޯރަންޓެއް ޤާއިމްކޮށް ހިންގުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.

މި އިޢުލާނަށް ބީލަން ހުށަހެޅުއްވޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

ނަން ނޯޓް ކުރުން/ ރަޖިސްޓްރޭޝަން

  • ބިޑުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން،  20 ނޮވެންބަރ 2023 ވާ ހޯމަ ދުވަހު  00:14 ގެ ކުރިން ތިރީގައިވާ ލިންކުގައި ތައްޔާރުކުރެވިފައިވާ ގޫގުލް ފޯމް ފުރިހަމަ ކުރަންވާނެއެވެ.  ބިޑުގައި ރަޖިސްޓަރީވާ ފަރާތްތައް ފިޔަވާ އެހެން އެއްވެސް ފަރާތަކަށް ބިޑު ހުށައެއްނޭޅޭނެއެވެ.
  • https://forms.office.com/r/XPYC22KPVP
  • ބިން ނަންބަރު RS021  ޚާއްސަ ކުރެވިފައިވަނީ ކެފޭ/ރެސްޓޯރަންޓް ވިޔަފާރިއަށެވެ.

 

ޕުރީބިޑު މީޓިންގ / މަޢުލޫމާތު ސާފުކުރުން

  • މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުމެއް 21 ނޮވެންބަރ 2023 ވާ އަންގާރަ ދުވަހުގެ 11:00 ގައި، ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
  • ބިޑް / ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން، މި ބައްދަލުވުމުގައި ބައިވެރިވުން ލާޒިމެއް ނުވާނެއެވެ.
  • މަޢުލޫމާތު ސާފުކުރަން ޙާޟިރު ނުވެވޭ ފަރާތްތަކަށް، ބަދަލުގައި މީހަކު ފޮނުވިދާނެއެވެ.
  • ބަދަލުގައި ފޮނުވާ ފަރާތުގެ މަޢުލޫމާތު (ފުރިހަމަ ނަމާއި، އައިޑީ ކާޑު ނަންބަރާއި، ގުޅޭނެ ނަންބަރު)  އިނގޭނެ ގޮތަށް ސިޓީއެއް ގެންނަވާނެއެވެ.

ބިޑު (އަންދާސީ ހިސާބު) ހުށަހެޅުން

  • ބިޑް / ޕްރޮޕޯސަލް ހުޅުވުން އޮންނާނީ  30 ނޮވެންބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
  • ބިޑް / ޕްރޮޕޯސަލް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
  • ނަންނޯޓު ނުކުރާ ފަރާތްތަކާއި، ގަޑިޖެހިގެން ބިޑުހުށައަޅަން ވަޑައިގަންނަވާ ބޭފުޅުންނަށް ބިޑު ހުށައެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.
  • ކެނދިކުޅުދޫ ބަނދަރު ސަރަހައްދުން ބިންދޫކުރުމުގައި އަކަފޫޓަކަށް ޖެހޭނެ އެއްމެ ދަށް އަގަކީ އަކަފޫޓަކަށް 0.60/- (ފަސްދޮޅަސް ލާރި) އެވެ.

މާކްސް ދިނުން

  • ·         ބިމުގެ ކުލީގެ ގޮތުގައި ހުށަހަޅާ އަގަށް %60 (ފަސްދޮޅަސް ޕަސަންޓް)

-          ބިމުކުލީގެ ގޮތުގައި ހުށަހަޅާފައިވާ ޖުމުލަ އަގަށް 50%              

-          ބިމުކުލީގެ ގޮތުގައި ހުށަހަޅާފައިވާ އަގަށް ގެންނަ ބަދަލުގެ އިންސައްތައަށް   10%

 

  • ·         ހުށަހަޅާ ޕްރޮޕޯސަލްއަށް   %40 (ސާޅިސް ޕަސަންޓް)

ޕްރޮޕޯސަލްއިވެލުއޭޓްކުރުމުގައިބެލޭނެކަންކަމާއިޕޮއިންޓްދެވޭނެގޮތް (40 އިންސައްތަ ބެހިފައިވާ ގޮތް)

-          ޙިދުމަތް ދިނުމަށް ފަށާނެ މުއްދަތު            5%

-          ޙިދުމަތުގެ މުއްދަތަށް                   %5

-          ވަޒީފާ އުފައްދާ މިންވަރު               

-          ތަޖުރިބާ                         

އިތުރު މަޢުލޫމާތު:

  • އެކަށީގެންވާ އަދަދަށް ބިޑު ލިބިފައި ނުވާނަމަ  އަދި ހުށަހަޅާފައިވާ ބިޑްތަކުގެ އަގާއި މުއްދަތު އެކަށީގެންނުވާނަމަ މި އިޢުލާނު ބާޠިލްކުރުމުގެ އިޚްތިޔާރު ނ. ކެނދިކުޅުދޫ ކައުންސިލަށް ލިބިގެން ވެއެވެ.

-          ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ

-          ނ. ކެނދިކުޅުދޫ، ދިވެހިރާއްޖެ،

-          ފޯން: 6560013 ނުވަތަ 6560663 (ރަސްމީ ގަޑީގައި)

-          އީމެއިލް: [email protected]

 

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.   

09  ނޮވެންބަރު  2023

25 ރަބީޢުލްއާޚިރް 1445

09 ނޮވެންބަރު 2023
ހޯދާ