މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން މާޅޮސްމަޑުލު ދެކުނުބުރި (ބ. އަތޮޅު) ނެލިވަރު ސަރަހައްދަކީ ޙިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމުގައި ހަމަޖެއްސުން

ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާއާ ހަވާލާދީ މި މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން 9 ނޮވެމްބަރު 2023 އިން ފެށިގެން ބ. ނެލިވަރު ސަރަހައްދަކީ ޙިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމުގައި ހަމަޖައްސައި މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ. އަދި މި ސަރަހައްދު ބެލެހެއްޓުމުގައި ޢަމަލުކުރާނީ ގަވާއިދު ނަންބަރު: 2018/R-78 (ޤުދުރަތީ ނުވަތަ ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވާއިދު)ގައިވާ ގޮތުގެ މަތިންނެވެ. މިސަރަހައްދުތަކާބެހޭ އިތުރު ތަފްޞީލް ތިރީގައި ބަޔާން ކޮށްފައިވާނެއެވެ.

09 ނޮވެންބަރު 2023
ހޯދާ