ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އެމްބިއުލާންސް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

ހދ.ހަނިމާދޫ ޞިއްޙީ މަރުކަޒުގެ ނަންބަރު:G4463 އެމްބިއުލާންސް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު: IUL)KRH/MS/2015/09) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އިޢުލާނާއި، އިޢުލާނާ ގުޅިގެން ލިބިފައިވާ އަންދާސީހިސާބު ބާޠިލު ކޮށްފީމެވެ.

ވީމާ، އަލުން މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚުތަކުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޓިންގރޫމަށް ނުވަތަ ހަނިމާދޫ ޞިއްޙީ މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

  • މަޢުލޫމާތު ސާފުކުރުން

    17 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް

  • އަންދާސީހިސާބު ހުށަހެޅުން

    24 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް

މަޢުލޫމާތު ސާފުކުރުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

17 ޖުމާދަލްއޫލާ 1436

08 މާރިޗު 2015
ހޯދާ