ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ގަވާއިދުގެ ދަށުން މޯލްޑިވްސް ލޭންޑް ޔޫސް އެންޑް ސާރވޭ އޮތޯރިޓީގެ ނަންބަރު 471-DNPS2/288/2022/17ސިޓީއިން މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިޚްތިޞާޞް ގައި ހިމެނޭ ބިމުގެ ސަރަޙައްދުން ދިރިއުޅުމަށްޓަކައި1350 (އެއް ހާސް ތިން ސަތޭކަ ފަންސާސް) އަކަފޫޓުގެ 20 (ވިހި) ގޯތި ދޫކުރުމުގެ ހުއްދަ ދީފައިވާތީވެ، ގޯތި ދޫކުރުމުގައި އަމަލުކުރާނޭ ގޮތް ބަޔާންކުރާން ގާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) އާއި ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދަށް ރިއާޔަތްކޮށް މި އިދާރާއިން އެކުލަވައިލައި އާންމުކޮށްފައިވާ ނ. ކުޑަފަރީން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު 2023 ގެ 15 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު އެ މާއްދާގެ (ށ) ގައިވާ މަޢުލޫމާތުތަކާ އެކު މި އިޢުލާނާ އެއްހީރަސްކޮށް އާންމުކޮށް އިޢުލާންކުރީމެވެ.
މި ލިސްޓު ގައި ދެމަފިރިން ވަކިން ހުށަހަޅައިގެން ގޯތި ލިބުމަށް ހޮވިފައިވާ ނަމަ ގޯތި ދިނުމަށް ހަމަޖެހިފައިވަނީ ދެމަފިރިންކުރެ އެކަކަށެވެ. މި ގޮތުން ދެމަފިރީންކުރެ ގޯތި އެދޭ ފަރާތެއް 2023 އޮކްޓޫބަރު 13 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 1:00 ގެ ކުރިން މި އިދާރާއަށް އަންގަވައިދެއްވުން އެދެމެވެ. މި މުއްދަތުގެ ތެރޭގައި ދެމަފިރީންކުރެ ގޯއްޗާ ހަވާލުވާނޭ ފަރާތެއް ކަނޑައަޅައި އަންގައިފައި ނުވާ ނަމަ ދެމަފިރިންކުރެ ގޯތި ލިބޭނީ ޕޮއިންޓްގެ ގޮތުން އެންމެ މަތި ލިބިފައިވާ ފަރާތަށެވެ. އަދި ދެމަފިރިންނަށް ޕޮއިންޓު ލިބިފައިވަނީ އެއްވަރަކަށް ނަމަ، ގޯތި ލިބޭ ފަރާތެއް ކަނޑައެޅޭނީ ގޯތި ލިބޭ ފަރާތް ކަނޑައެޅުމަށް ދެމަފިރިންގެ މެދުގައި ގުރުއަތުލައިގެންނެވެ.
ނ. ކުޑަފަރީން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު 2023 ގެ 15 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ގޯތި ލިބޭ ފަރާތަށް ލިބޭ ގޯތި ކަނޑައެޅުމަށް ބޭއްވޭ ގުރުއަތުލުމުގެ ބައްދަލުވުމަކީ އާންމުކޮށް ހުޅުވައިލެވިފައިވާ ބައްދަލުވުމެކެވެ. މި ބައްދަލުވުން ބޭއްވޭނީ:
ތަން: އަންބާގެ ސްޓޫޑިއޯ
ތާރީޚާއި ގަޑި: 15 ނޮވެމްބަރ 2023 ބުދަ – 10:00 (ހެނދުނު)
ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓުގެ މީހުންގެ އެއްވެސް ފަރާތަކަށް ރާއްޖޭގެ އެއްވެސް ތަނަކުން 1000 (އެއް ހާސް) އަކަފޫޓަށް ވުރެ ބޮޑު ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއް، ސަރުކާރުން ހަދައިފައިވާ އިމާރާތެއްގެ ފުލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް، ސަރުކާރުން ހަދައިފައިވާ އިމާރާތެއްގެ ފުލެޓެއް ނުވަތަ ގެއެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް، ލިބިއްޖެ ނަމަ އެ ފަރާތެއްގެ ކިބައިން ގޯތި ވަކިކުރެވޭނެއެވެ. މި ގޮތުން ގޯތި ވަކިކުރެވެނީ ވަގުތީ ރަޖިސްޓްރީގެ 1 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ނަމަ މި އިޢުލާނާ އެކު އެއްހީރަސްކުރެވިފައިވާ [ނ. ކުޑަފަރީން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތީގެ ދޫކުރުމުގެ ޕޮއިންޓް ޝީޓް] އަށް ބަލައި ޖެހިގެން އެންމެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތަކަށް އެ ގޯތި ހަވާލުކުރެވޭނެއެވެ.
ވީމާ، މި ކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.