ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ލޯގޯއެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުން

ލޯގޯއެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުން

މި އޮތޯރިޓީގެ ނަންބަރު IUL)450/1/2015/3)ފ(03 މާރިޗު 2015) އިޢުލާނާ ގުޅިގެން ލޯގޯ ފަރުމާކޮށްދިނުމަށް ހުށަހަޅާފައިވަނީ ދެ ފަރާތަކުންކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފަރުޞަތު ހުޅުވާލަމެވެ. ވީމާ، އޮތޯރިޓީން ކުރިއަށްގެންދިއުމަށް ރާވާފައިވާ މަސައްކަތްތަކަށް ތިރީގައި މިވާ މަޢުލޫމާތަށް ރިޢާޔަތްކޮށް ލޯގޯއެއް ފަރުމާކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 17 މާރިޗު 2015 ވަނަ ދުވަހުގެ 14:00 އަށް މި އޮތޯރިޓީ (ހ.ފުލިދޫގެ 2 ވަނަ ފަންގިފިލާ) އަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ލޯގޯއާބެހޭ މަޢުލޫމާތު؛

- މި ލޯގޯއަކީ ގެވެށި އަނިޔާ ހުއްޓުވުމަށް ހޭލުންތެރިކަން އިތުރުކުރުމަށް އެޕްރީލް 2015 ގައި އެއް މަސްދުވަހުގެ މުއްދަތަށް މި އޮތޯރިޓީން ކުރިއަށްގެންދާ " އައި - ސްޕްރެޑް އަ ސްމައިލް" ކެމްޕޭންގައި ބޭނުންކުރުމަށް ފަރުމާކުރެވޭ ލޯގޯއެކެވެ.

- މި ކެމްޕޭނުގެ ބޭނުމަކީ ގެވެށި އަނިޔާ ހުއްޓުވުމަށް ހިތްވަރުދިނުމުގެ މެސެޖްތަކެއް މުޖްތަމަޢަށް ފޯރުކޮށްދިނުމެވެ. އެގޮތުން، މިފަދަ އަނިޔާތަކުން އަރައިގަނެ، ސަލާމަތްވެ، ނުވަތަ މިފަދަ އަނިޔާތަކުން އެހެން މީހަކު ސަލާމަތް ކުރުމަށް އެހީވެދިނުން ފަދަ ކަންކަން ޕްރޮމޯޓްކުރުމަށް މި ކެމްޕެއިންގައި ޚާއްޞަ ސަމާލުކަމެއް ދެވޭނެއެވެ.

- ލޯގޯގައި ހުންނަންވީ އަސާސީ ސިފަތައް؛

- ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ލޯގޯއާ ގުޅޭ/އެއްގޮތް ސިފަތަކެއް ހުރުން 

- ލޯގޯގައި ދަނބު އަދި އޮރެންޖް ކުލަ ބޭނުންކުރުން

- ހިތްވަރު، އެކަކު އަނެކަކަށް އޯގާތެރިވުން އަދި އެހީތެރިވުން ދައްކުވައިދިނުން

- އުންމީދު، އުފާވެރިކަން އަދި ހިތްހަމަޖެހުން ދައްކުވައިދިނުން

- ބޭނުންކުރަން ފަސޭހަ ލޯގޯއަކަށްވުން (ޕޯސްޓަރު/ކެންވަސްތަކުގައި ބޭނުންކުރުން)

- 20mm X 20mm އަށް ކުޑަކުރުމާއި، A4  ސައިޒަށް ބޮޑުކުރުމުން ސިފަ ނުގެއްލުން

- ލޯގޯ ހުށަހަޅުއްވާއިރު އޭގެ ސޮފްޓް އަދި ހާރޑް ކޮޕީ ހުށަހެޅުން

- ހޮވޭ ލޯގޯގެ ކޮޕީ ރައިޓްސް އަދި ވެކްޓަރ ފައިލް ފެމިލީ ޕްރޮޓެކްޝަނަން އޮތޯރިޓީއަށް މަސައްކަތް ފުރިހަމަކުރެއްވުމަށްފަހު ހުށަހަޅުއްވަން ހަމަޖެހިފައިވާ ދުވަހު އެތަކެތި ހުށަހަޅަންވާނެއެވެ.

- ލޯގޯ ހުށަހަޅުއްވާއިރު، ލޯގޯއިން ދައްކުވައިދޭ އެއްޗަކާބެހޭ މައުލޫމާތު ލިޔުމުން ހުށަހަޅަންވާނެއެވެ.

- ލޯގޯގައި އެއްވެސް އަކުރެއް ނުވަތަ ލިޔުމެއް ބޭނުންކޮށްފައިވާނަމަ ބޭނުންކޮށްފައިވާ ފޮންޓް އަދި ލޯގޯގައި ބޭނުންކޮށްފައިވާ ކުލަ ނުވަތަ ކުލަތަކުގެ ކޯޑު ހުށަހަޅުއްވަންވާނެއެވެ.

ޕްރޮޕޯޒަލް އަންދާސީހިސާބުގައި ހިމަނަންވީ ބައިތައް:

  • މަސައްކަތުގެ އަގު 
  • މަސައްކަތް ނިންމޭނެ މުއްދަތު
  • ލޯގޯ ފަރުމާ ކުރާ ފަރާތުގެ ވަނަވަރު/ޕްރޮފައިލް (ކުންފުންޏެއް ނަމަ ކުންފުނީގެ ރަޖިސްޓަރީގެ ސެޓުފިކެޓުގެ ކޮޕީ، އަދި ޖީ.އެސް.ޓީ އަށް ރަޖިސްޓަރީކުރި ސެޓުފިކެޓުގެ ކޮޕީ)
  • މީގެ ކުރިން މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ އެކަމުގެ ތަފުސީލު އެނގޭނެ ލިޔުންތައް

މި ބިޑް އެވޯޑްކުރުމުގައި ޕޮއިންޓް ދޭނެ މިންގަނޑު

  • އަގު: %60
  • ތަޖުރިބާ %25
  • މަސައްކަތް ނިންމޭނެ މުއްދަތު % 15

ޕްރޮޕޯޒަލް/އަންދާސީހިސާބު ހުށަހެޅުން: 17 މާރިޗު 2015 ވަނަ ދުވަހުގެ 14:00

އަންދާސީހިސާބު ހުށަހަޅަންޖެހޭ ތަން: ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (ހ.ފުލިދޫގެ 2 ވަނަ ފަންގިފިލާ)

 އިތުރު މަޢުލޫމާތު

  • މި މަސައްކަތުގެ އަގު -/4000 ރުފިޔާއަށްވުރެ ބޮޑުވެގެން ނުވާނެއެވެ.  
  • ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކުގެ އަންދާސީހިސާބު/ޕްރޮޕޯޒަލް ބަލައިނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް

ފޯން: 3010551

ފެކްސް: 3010552

އީ-މެއިލް: [email protected]

19 ޖުމާދަލްއޫލާ 1436

10 މާރިޗު 2015
ހޯދާ