ދިވެހިރާއްޖެ
މާލެއަތޮޅު ތުލުސްދޫ ކައުންސިލަށް ބޭނުންވާ ޕިކަޕް ހޯދުން
މިކައުންސިލަށް ޕިކަޕެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)333/333/2023/34ޕިކަޕަށް ހުށައަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ މިކައުންސިލުން ދޭ މަޢުލޫމާތާއިއެއްގޮތަށް މާލެއަތޮޅު ތުލުސްދޫ ކައުންސިލަށް ޕިކަޕެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2023 ނޮވެމްބަރ 13 ވަނަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާގެ އީމެއިލް ([email protected]) އަށް އީމެއިލް ކުރައްވާ ނަންނޯޓް ކުރެއްވުން އެދެމެވެ. އަދި އެއްވެސް މައުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 2023 ނޮވެމްބަރ 13 ވަނަ ދުވަހު 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2023 ނޮވެމްބަރ 16 ވަނަ ދުވަހުގެ 11:00 އަށް ބިޑު ހުށައެޅުއްވުމަށް އެދެމެވެ. ބިޑް ހުޅުވުން އޮންނާނީ، ބިޑް ހުށަހަޅުއްވާ ދުވަހު، ހުށައެޅުއްވި ފަރާތްތަކުގެ ހާޟިރުގައި އެގަޑީގައެވެ. ބިޑްގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ފަރާތަކަށްވެސް ބިޑް ހުށައެޅޭނެއެވެ.
މިމަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
24 ރަބީޢުލްއާޚިރާ 1445