ދިވެހިރާއްޖެ
މިއަހަރުގެ މަސްވެރިންގެ ދުވަސް ރަށުފެންވަރުގައި ފާހަގަކުރުމަށްޓަކައި، ރަށުގެ ރައްޔިތުންނަށް ހުޅުވާލައިގެން މަސްބޭނުމުގެ މުބާރާތެއް (މަސްރޭހެއް) ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 09 ޑިސެމްބަރ 2023 ވާ ހޮނިހިރު ދުވަހުއެވެ. މުބާރާތުގައި ހޮވުމަށް ހަމަޖެހިފައިވާ ވަނަތައް މި އިޢުލާނާއި އެކުގައިވާ ޤަވާއިދުގައި ވާނެއެވެ.
ވީމާ މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން " ނާލާފުށީ ކައުންސިލްގެ މަސްރޭސް 2023" ގެ ބައިވެރިވުމަށް އެދޭ ފޯމު ފުރުއްވުމަށްފަހު 23 ނޮވެންބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ފޯމް ހުށަހެޅުއްވުމަށް ނުވަތަ މި އިޢުލާނާ އެކުގައިވާ އޮންލައިން ފޯމް ފުރިހަމަ ކުރެއްވުން އެދެމެވެ. ފޯމް މެއިލްކުރައްވާނަމަ ކުރައްވާނީ [email protected] އަށެވެ.
މި މުބާރާތުގެ ޤަވާއިދު މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
އޮންލައިން ފޯމް ލިންކް:
https://docs.google.com/forms/d/e/1FAIpQLSecOlrU8QUYIMstBAinOArQQfJdiCXonn7R2iIyct_4P13lbw/viewform
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.