މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގަވާއިދުތަކަށް އުސޫލުތަކެއް ހެދުން

ރަށްވެހިކަމުގެ ޚިދުމަތް ދިނުމަށް ހެދިފައިވާ ގަވާއިދުތަކަށް އުސޫލުތަކެއް ހެދުން

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުޒަކީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 151 ވަނަ މާއްދާއިން މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލަށް ލިބިދޭ ބާރުގެދަށުން، ރަށްވެހިކަމުގެ ޚިދުމަތް ދިނުމަށް ހެދިފައިވާ 19 ގަވާއިދަށް ޢަމަލުކުރާނޭ އުސޫލުތަކެއް ހަދައިދޭނެ ފަރާތެއް ހޯދަން ކުރި ނަންބަރު IUL)320-FNP/320/2014/55)ފ(02 ސެޕްޓެންބަރު 2014) އިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާޠިލުކުރުމަށްފަހު އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާން ކުރީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ން 11:00 އާ ދެމެދު ފޯނުން ނުވަތަ މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 26 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 14:15 އަށް އަންދާސީހިސާބު ހިއްޕަވައިގެން ކައުންސިލް އިދާރާއަށް ދުރުވުން، ނުވަތަ ކައުންސިލް އިދާރާގެ އީމެއިލް އެޑްރެސް: [email protected] އަށް އީމެއިލް ކުރެއްވުން ނުވަތަ ކައުންސިލް އިދާރާއަށް ފެކްސް ކުރެއްވުން އެދެމެވެ.

ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތައް ބަލައެއްނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ކައުންސިލް މެމްބަރު އަލްފާޟިލް މުޙައްމަދު ރާމިޒު 7784775 ނުވަތަ ކައުންސިލް އިދާރާގެ ފޯން ނަންބަރު 6608303 އާ ގުޅުއްވުން އެދެމެވެ.

އުސޫލުތައް ހެދުމަށް ބޭނުންވާ ގަވާއިދުތައް:

  1. ޢާންމުތަންތަނާއި މަގުމައްޗާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާ ބެހޭ ގަވާއިދު
  2. ބަނދަރު ބެލެހެއްޓުމާ ބެހޭ ގަވާއިދު
  3. އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެއްސާއި، އިންޖީނުނުލާ އެއްޗެތި ދުއްވުމާއި، ބޭނުންކުރުމާ ބެހޭ ގަވާއިދާއި، މަގުމަގާއި ޢާންމު ތަންތަނުގައި ޕާކު ކުރުމާއި، ޕާކުކުރުމުގެ ފީނެގުމާ ބެހޭ ގަވާއިދު
  4. ގޭގެ ފުރާޅުން މަގުމައްޗަށް އަންނަ ފެން ހިންދުމާ ބެހޭ ގަވާއިދު
  5. ފިހާރަފިހާރައިގެ ކުޑަދޮރުން މުދަލާއި ތަކެތި ނެރެފައި ބެހެއްޓުމާއި، ފިހާރައިގެ ދޮރުން ބޭރުގައި މަގުމައްޗަށްވާގޮތަށް މުދަލާއި ތަކެތި ބެލެހެއްޓުމާ ބެހޭ ގަވާއިދު
  6. ރަށާ ގުޅިފައިވާ ކަނޑުގައި ނުވަތަ ރަށުގެ ފަޅުގައި ނުވަތަ ޢާންމު ތަންތަނުގައި ފިލްމު ނަގަން ހުއްދަ ދިނުމާ ބެހޭ ފީނެގުމާ ބެހޭ ގަވާއިދު
  7. ގޯތި ގެދޮރާއި ބިމާއި އިމާރާތް ކުއްޔަށް ދޫކުރުމާބެހޭ ގަވާއިދު
  8. ކައުންސިލުން ދޫކުރާ ހުއްދަތައް ދޫކުރުމާބެހޭ ގަވާއިދު
  9. މަގުފާރު އަދި އިންފާރު ތަޅާލުމާ ބެހޭ ގަވާއިދު
  10. މަގުމަތީގައި އިޢުލާނާއި އިޝްތިހާރު ހަރުކުރުމާ ބެހޭ ގަވާއިދު
  11. ކަނޑުތޮށްޓާއި އެއްގަމު ތޮށީގައި އުޅަނދުފަހަރު އެއްސުމާއި ފަޅުތެރޭގައި އުޅަނދުފަހަރު ދުއްވުމާއި އެޅުމާއި އެކަންކަމަށް ފީނެގުމާބެހޭ ގަވާއިދު
  12. ކުނިއުކާލުމާއި، ކުނި ނައްތާލުމާ ބެހޭ ގަވާއިދު
  13. ލައުޑް ސްޕީކަރ ބޭނުންކުރުމާއި އަޑުގަދަކޮށް ލަވަޖެހުމާ ބެހޭ ގަވާއިދު
  14. ވަގުތީގޮތުން މަގު ބަންދުކުރުމާ ބެހޭ ގަވާއިދު
  15. ގޭގެއިން މަގު ހުރަހަށް ދަނޑި، ދަނގަޑު ހޮޅި، ވާ، ޓިނު ފަދަ ތަކެތި ނެރެފައި ބެހެއްޓުމާބެހޭ ގަވާއިދު
  16. މަގުމަތި ކުނިކެހުމާ ބެހޭ ގަވާއިދު
  17. ރަށުގެ ޢާންމު ތަންތަނުގައި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ބޭއްވުމާ ބެހޭ ގަވާއިދު
  18. އޮޑިހަރުގެއާ ބެހޭ ގަވާއިދު
  19. ތިމާވެށި ހިމާޔަތް ކުރުމާބެހޭ ގަވާއިދު

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ޖުމާދަލްއޫލާ 1436

10 މާރިޗު 2015
ހޯދާ