ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއާންޒް އިންޓާރނޭޝަނަލް ކޮލެޖުގެ ސްކޮލަރސިޕަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން.

މިއާންޒް އިންޓާރނޭޝަނަލް ކޮލެޖުގެ ސްކޮލަރސިޕަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން.

 

 

މިއާންޒް އިންޓާރނޭޝަނަލް ކޮލެޖުގެ ސީއެސްއާރުގެ ދަށުން ބެޗްލާރސް ޑިގްރީއާ ހަމައަށް ކިޔެވުމުގެ 3 ސްކޮލަރސިޕެއް މިކައުންސިލަށް ދެއްވާފައިވާތީ، މީގެ ތެރެއިން 2 ފުރުޞަތު ޢާންމުންނަށް ހުޅުވާލަމެވެ. މިސްކޮލާރޝިޕްގެ ދަށުން މިވަގުތު ޑިގްރީއަށް ޝަރުތު ފުރިހަމަނުވާ ދަރިވަރުންނަށް އެއްވެސް ކޯސްފީއަކާއިނުލާ ރަށުގައި ހުރެގެން އޮންލައިންކޮށް ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަކުރުމަށްފަހު، ފްރީޑިގްރީ ސްކީމްގެ ދަށުން އިތުރު ކޯސްފީ އަކާނުލާ ބެޗްލާރސް ޑިގްރީއާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުޞަތުލިބިގެންދާނެއެވެ.  ވީމާ، މި ސްކޮލަރޝިޕަށް އެދިވަޑައިގަތުމުގެ ގޮތުން ރަޖިސްޓްރީ ކުރުމަށް 08 ނޮވެންބަރު 2023 ން 16 ނޮވެންބަރު 2023 ގެ 14:00 ގެ ނިޔަލަށް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ ލިންކް މެދުވެރިކޮށް ނަން ނޯޓް ކުރެއްވުމަށް ދަންނަވަމެވެ. 2 ފަރާތަށްވުރެ އިތުރަށް ނަން ހުށަހަޅާފައިވާނަމަ ސްކޮލާރޝިޕް ލިބޭ ފަރާތެއް ކަނޑައަޅާނީ އެފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތު ނެގުމަކުންނެވެ.

މިކަމާގުޅޭ އިތުރު މަޢުލޫމާތު މިލިންކް: https://shorturl.at/asDVW މެދުވެރިކޮށް ލިބިލައްވާނެއެވެ.

"ސްކޮލަރސިޕް ރަޖިސްޓްރީ ފޯމް" ގެ ލިންކު:  https://forms.office.com/r/TCJgEg90F0

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

  24 ރަބީޢުލްއާޚިރު 1445

08 ނޮވެންބަރު  2023                                          

08 ނޮވެންބަރު 2023
ހޯދާ