ދިވެހިރާއްޖެ
Long-Term Training by Responsive COVID-19 Vaccination for Recovery Project under the Asia - Pacific Vaccine Access Facility- Financed by Asian Development Bank - Re announced |
||||
މިއީ މި މިނިސްޓްރީގެ ނަންބަރ IUL)475-Schol/475/2023/221) އިޢުލާންގެ ދަށުން އިޢުލާން ކުރެވުނު 8 ފުރުޞަތުގެ ތެރެއިން 4 ފުރުޞަތަށް ކުރެވިފައިވާ އިޢުލާނެކެވެ. |
||||
ކޯހުގެ ޝަރުތު |
ޤައުމު |
ޢަދަދު |
ކޯހުގެ ނަން |
ކޯހުގެ ލެވެލް |
- ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލް ކޮށްފައިވުން. - ސިއްޙީ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
ދިވެހިރާއްޖެ |
1 |
މާސްޓަރސް އިން ޕަބްލިކް ހެލްތު / ބަޔޮލޮޖިކަލް ސައިންސް |
މާސްޓަރސް ލެވެލް |
- ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް ހާސިލްކޮށްފައިވުން.
|
މެލޭޝިޔާ އަދި ތައިލެންޑް |
2 |
ޕީ.ޖީ ހެލްތު އިންފޮރމޭޝަން / ހެލްތު މެނޭޖްމެންޓް |
ޕޯސްޓް-ގްރެޖުއޭޓް ލެވެލް |
- ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް ހާސިލްކޮށްފައިވުން.
|
މެލޭޝިޔާ |
1 |
ޕީ.ޖީ ބަޔޯމެޑިކަލް އިންޖިނިއަރިންގ |
|
އެދޭ ކޯހާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް: 1. މި މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން. 2. އެދޭ ކޯހަކީ މިހާރު ފުރިހަމަކުރައްވާފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން. |
އިތުރު ޝަތުރު: |
|||
ހުށަހަޅުއްވަން ޖެހޭ ތަކެތި: 1. ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ 2. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް) 3. މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ 4. ސްކޮލަރޝިޕަށް ހޮވިއްޖެނަމަ، ކޯހުގެ ދިގުމިނަށް ބިނާކޮށް ކަނޑައެޅިފައިވާ މުއްދަތަކަށް މިނިސްޓްރީ އޮފް ހެލްތުއިން ކަނޑައަޅާ ތަނެއްގައި ޚިދުމަތްކުރުމަށް އެއްބަސްވާކަމުގެ ލިޔުމެއް (ކެންޑިޑޭޓު ސޮއިކޮށްފައި) 5. މިހާރު ހާސިލްކުރައްވާފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލްކުރެއްވިފަހުން ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް. 6. ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން. 7.ކުރިން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވާއިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކާނެ ކަމަށް ބަޔާންކޮށް އެފަރާތުގެ ލިޔުމެއް ނުވަތަ އެހެން ފަރާތެއް ހަވާލުވާނަމަ، ހަވާލުވާ ފަރާތުގެ ލިޔުން. |
ހުށަހަޅަންޖެހޭ ތަކެތި: |
|||
މިކޯސްތަކަށް ކެންޑިޑޭޓުން ހޮވުމުގައި އިސްކަންދޭނީ ތިރީގައިވާ މިންގަނޑަށް ބަލައިގެންނެވެ. * މިފުރުޞަތުތަކަށް މީހުން ހޮވުމުގައި އެންމެ ފުރަތަމަ އިސްކަންދެވޭނީ މިސްކޮލަރޝިޕްގައި ކިޔަވާ ނިންމުމަށްފަހު ކަނޑައެޅިފައިވާ މުއްދަތަށް މިނިސްޓްރީ އޮފް ހެލްތު އިން ކަނޑައަޅާ ތަނެއްގައި ޚިދުމަތް ކުރުމަށް އެއްބަސްވާ ފަރާތްތަކަށެވެ. ނަމަވެސް ހުޅުވާލާފައިވާ ފުރުޞަތުގެ ޢަދަދަށްވުރެ ގިނަ ފަރާތްތަކުން މިނިސްޓްރީ އޮފް ހެލްތަށް ޚިދުމަތް ކުރުމަށް އެއްބަސްވާނަމަ ދެން އިސްކަންދެވޭނީ އެކަޑަމިކް މެރިޓަށް ޕޮއިންޓްދީގެން އެންމެ މަތިން ޕޮއިންޓް ލިބޭ ތަރުތީބުންނެވެ. (މިގޮތަށް ޕޮއިންޓްދޭގޮތުގެ ތަފްޞީލު މި މިނިސްޓްރީގެ ވެބްސައިޓްގައި ވާނެއެވެ). އަދި މެރިޓް ޕޮއިންޓްއިން އެއްވަރުވެއްޖެނަމަ ދެން އިސްކަންދެވޭނީ އެފަރާތްތަކުން ބެޗްލަރސް ޑިގްރީ ފުރިހަމަ ކުރުމަށްފަހު ޚިދުމަތްކޮށްފައިވާ/ވަޒީފާއަދާކޮށްފައިވާ މުއްދަތަށެވެ. * މިސްކޮލަރޝިޕްގެ ދަށުން ކިޔެވޭނީ ފުލްޓައިމްކޮށް އިނގިރޭސި މީޑިއަމަށެވެ. އަދި 18 (އަށާރަ) މަސްދުވަހަށްވުރެ ދިގުނުވާ މާސްޓަރސް ކޯހަކަށެވެ. * މިސްކޮލަރޝިޕްގެ ދަށުން ކޮންމެ ކޯހެއްގެ ކޮންމެ ސްލޮޓަކަށްވެސް 1 ރިޒާވް ކެންޑިޓޭޓް ހޮވުމަށްވަނީ ހަމަޖެހިފައެވެ. * މިސްކޮލަރޝިޕަކީ މިނިސްޓްރީ އޮފް ހެލްތާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އާއިއެކު ސޮއިކޮށްފައިވާ "ރެންސްޕޮންސިވް ކޮވިޑް-19 ވެކްސިނޭޝަން ފޯރ ރިކަވަރީ ޕްރޮޖެކްޓް އަންޑަރ ދަ އޭޝިއާ ޕެސިފިކް ވެކްސިން އެކްސެސް ފެސިލިޓީ (އޭ.ޕީ.ވީ.އޭ.އެކްސް)" ޕްރޮޖެކްޓްގެ ދަށުން ފަންޑު ކުރުމަށް ހަމަޖެހިފައިވާ ސްކޮލަރޝިޕް ސްކީމެކެވެ. * ސްކޮލަރޝިޕްގެ ހުރިހާ ޚަރަދެއް (ދެކޮޅު ޓިކެޓް، އެސްޓަބްލިޝްމެންޓް އެލަވަންސް، ބުކް އެލަވަންސް، ޑިޕާރޗަރ ފީ، ސްޓައިޕެންޑް އަދި ކޯސް ފީ) މިނިސްޓްރީ އޮފް ހެލްތްގެ އޭ.ޑީ.ބީ ޕްރޮޖެކްޓްގެ ދަށުން ހަމަޖައްސައިދޭނެއެވެ. * މި ސްކޮލަރޝިޕްގެ ފުރުސަތު ލިބޭ ކެންޑިޑޭޓުން ކޯހުގެ ދިގުމިނަށް ބިނާކޮށް، ކަނޑައެޅިފައިވާ މުއްދަތަކަށް މިނިސްޓްރީ އޮފް ހެލްތަށް ޚިދުމަތްކުރުމަށް ޝަރުތު ކުރެވޭނެއެވެ. * އެޕްލިކޭޝަން ހުށަހަޅާ ކޯހާއި، ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން (އެމް.ކިއު.އޭ) ނުވަތަ ރާއްޖޭގައި މަސައްކަތް ކުރުމުގެ ލައިސަންސް ދޭ އެހެނިހެން އިދާރާތަކުން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ކޯހެއްތޯ ކެންޑިޑޭޓުން ކަށަވަރު ކުރައްވަންވާނެއެވެ. * ކެންޑިޑޭޓުން ކޯހަށް ހޮވުނުކަން އަންގާ ތާރީޚުން ފެށިގެން ގިނަވެގެން 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި ޕްލޭސްމަންޓް ހޯދާ، ކިޔަވަން ފަށަންވާނެއެވެ. * ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާނަމަ މި ސްކޮލަރޝިޕް ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި ސްކޮލަރޝިޕަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުޞަތު ދޫކޮށްލަންޖެހޭނެއެވެ. * އެހެން ސްކޮލަރޝިޕަކަށް ހޮވިފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓެއް ނުކުރެވޭނެއެވެ. މި އިޢުލާނާގުޅޭ އިތުރު މައުލޫމާތު އެނެކްސް 1 އިން ލިބެން ހުންނާނެއެވެ. |
އިތުރު މަޢުލޫމާތު: |
|||
އެޕްލިކޭޝަން ހުށަހެޅުއްވުމުގެ ސުންގަޑި: 19 ނޮވެމްބަރ 2023 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން |
||||
ނަތީޖާ އާންމުކުރުން: 30 ނޮވެމްބަރ 2023 ވާ ބުރާސްފަތި ދުވަހު |
||||
އެޕްލިކޭޝަން ހުށަހަޅުއްވާނީ: https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ. |
||||
އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓުން http://www.mohe.gov.mv އަދި 3026966 / 3026950 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ. |