އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޭގޭ ފުރާޅުން މަގުމައްޗަށް އަންނަ ފެން ހިންދުމާއި ގުޅޭ

ނަންބަރު:A/IUL/344/2023/102

 

އިޢުލާން

ގޭގޭ ފުރާޅުން މަގުމައްޗަށް އަންނަ ފެން ހިންދުމާއި ގުޅޭ

 

              މިރަށުގެ ބައެއް ގެތަކުގައި ހަރުކުރެވިފައިވާ ދިޔަދޮވިތަކުން އަންނަފެން މަގުމައްޗަށް ދޫކޮށްލެވިފައި ހުންނަކަން މިކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ. މީގެސަބަބުން ވިއްސާރަ މޫސުމުގައި މަގުތަކުގައި ފެންބޮޑުވާ މިންވަރު އިތުރުވެ، ހިނގާ ފަރާތްތަކަށާއި، ދުއްވާ އުޅަނދުތަކަށް އެތަކެއް ދަތިތަކާއި ކުރިމަތިވަމުން އަންނަކަން ފާހަގަަކުރެވެއެވެ.

                     އެހެންކަމުން މަގު ބޭނުންކުރައްވާ ފަރާތްތަކުގެ ސަލާމަތާއިި ރައްކާތެރިކަމަަށްޓަކައި، އިސްވެ ދެންނެވުނު ގޮތަށް މަގުމައްޗަށް ފެންދާގޮތަށް ދޫކޮށްލައްވާފައި ހުރި ދިޔަދޮވިތައް ހުރި ގެތަކުން، ގަވައިދު ނަންބަރު: 2019/R-533ގައި ބަޔާންކޮށްފައިވާ ގޮތަށް، މަގުމައްޗަށް ފެން ނުދާނޭހެން  މިއަދުންފެށިގެން 1 މަސް ދުވަހުގެ ތެރޭގައި އިސްލާހުކޮށްދެއްވުމަށް ދަންނަވަމެވެ. އަދި މިފަދައިން ހުރި ތަންތަން ބަލާ ޗެކްކުރުމަށް މިކައުންސިލުން ގޭގެއަށް ޒިޔާރަތްކުރާނެ ވާހަކަ ދަންނަވަމެވެ. މިމަސައްކަތުގައި އެންމެހާ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި، އެހީތެރިކަން ދެއްވުމަކީ މިކައުންސިލްގެ ވަރަށްބޮޑު އެދުމެކެވެ.

                     23  ރަބީޢުލްއާޙިރު 1445

                       07 ނޮވެމްބަރ 2023

                                                                       

07 ނޮވެންބަރު 2023
ހޯދާ