ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
އދ.އޮމަދޫ ކުޑަމިސްކިތުގެ ގޯތިތެރޭގައާއި ހުކުރު މިސްކިތުގެ ގޯތިތެރޭގައި ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ޤާއިމު ކުރުމަށް ބޭނުންވެއެވެ.
މިމަސައްކަތާ ގުޅޭ ބީލަން ފޮތް ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 14:30 އަށް އދ.އޮމަދޫ ކައުންސިލް އިދާރާއިން ހިލޭ ލިބިވަޑައިގަންނަވާނެއެވެ. މި މަޝްރޫޢުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 2015 މާރިޗު 16 ވާ ހޯމަ ދުވަހުގެ 14:00 ގައި އދ.އޮމަދޫ ކައުންސިލްގެ އިދާރާގައެވެ.
ބިޑް ހުޅުވުން އޮންނާނީ 2015 މާރިޗު 23 ވާ ހޯމަ ދުވަހުގެ 14:00 ގައި އދ.އޮމަދޫ ކައުންސިލް އިދާރާގައެވެ. ބީލަންތައް ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ތިރީގައިވާ މަޢުލޫމާތު ލިޔެފައި ހުންނަންވާނެއެވެ.
1- "އދ.އޮމަދޫ 02 މިސްކިތުގެ ގޯތީގައި ވާރޭފެންނަގާ ރައްކާކުރާނެ ނިޒާމެއް ޤާއިމު ކުރުމުގެ މަސައްކަތް"
2- ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު.
3- ބީލަން ހުށަހަޅާ ތާރީޚާއި ވަގުތު.
14 ޖުމާދަލްއޫލާ 1436