ދިވެހިރާއްޖެ
ފަތުރުވެރިކަމުގެ ވިޔަފާރި ހިންގުމަށް ގދ. ފިޔޯރީ ކާޅެހުއްޓާއިން ޓޫރިޒަމް ޒޯނަށް ކަނޑައަޅާފައިވާ ބިން 50 (ފަންސާސް) އަހަރުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމުގެ ގޮތުން މި އިދާރާއިން ކުރި ނަންބަރ (IUL)422-A02/422/2023/74 އިއުލާނަށް ބިން ކުއްޔަށް ހިފުމަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އެ އިއުލާން ބާތިލް ކޮށް އަލުން އިއުލާން ކުރަމެވެ. އެގޮތުން ދޫ ކުރުމަށް ނިންމާފައިވާ ބިމުގެ ތަފްސީލް ތިރިގައި އެވަނީއެވެ.
ބިމުގެ މައުލޫމާތު:
ބިމު ކުލީގެ ގޮތުގައި އަކަފޫޓަކަށް ހުށަހެޅޭނެ އެންމެ ދަށް އަދަދު އަހަރަކަށް |
ސަރަހައްދުގެ ބޮޑުމިން (އަކަފޫޓު) |
ބިމުގެ ނަންބަރު |
0.5ރ (ފަންސާސް ލާރި) |
429،480.00 (ހަތަރުލައްކަ ނަވާވީސް ހާސް ހަތަރުސަތޭކަ އައްޑިހަ) އަކަފޫޓް |
1 |
ބީލަމަށް ރަޖިސްޓްރީކުރުން |
މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2023 ނޮވެމްބަރ 16 ވާ ބްރާސްފަތި ދުވަހުގެ 13:00 ގެކުރިން ބިޑް ރަޖިސްޓަރީ ކުރުމަށް އެދޭ ފޯމުން ބިޑް ރަޖިސްޓްރީ ކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް މިއިޢުލާނާއެކު ޢާންމުކޮށްފައިވާނެއެވެ. ފޯމް އީ މެއިލް ކުރަށްވާނަމަ، [email protected] އީމެއިލް ކުރެއްވުން އެދެމެވެ. މި ބީލަމުގައި ބައިވެރިވެލެއްވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ނޮވެމްބަރ 27 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، މިއިދާރާގެ ޕްރޮޖެކްޓް އީމެއިލް އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 2023 ނޮވެމްބަރ 28 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ އީމެއިލްއަށް ފޮނުވޭނެއެވެ. |
ބީލަން ހުށައެޅުން
|
ބީލަން ބަލާގަތުމާއި ބީލަން ހުޅުވުން އޮންނާނީ 2023 ނޮވެމްބަރ 30 ވާ ބްރާސްފަތި ދުވަހުގެ 13:00 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ. ބިޑް ރަޖިސްޓްރީ ކުރަން ހުށައެޅި ފަރާތް ނޫން އެހެން ފަރާތަކުން ބިޑް ހުށައަޅަން ފޮނުވާނަމަ ކުންފުނީގެ ސިޓީއެއް ހުށައަޅަންވާނެއެވެ. |
ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
އިތުރު މަޢުލޫމާތު
ގދ. ފިޔޯރީ ކައުންސިލުގެ އިދާރާ
ފޯން: 4002625
އީމެއިލް: [email protected]
7 ނޮވެމްބަރ 2023