ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުން

ނަންބަރު : (IUL)ASMH-Procure/ASMH/2023/105

 

އިޢުލާން

 

އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުން

އިންޑިއާ ސަރުކާރުގެ އެހީގައި ޑރ. އަބްދުލްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އެޅުމަށް ހަމަޖެހިފައިވާ މެންޓަލް ހެލްތްޔުނިޓުގެ 2 ވަނަ ފިޔަވަހީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. އެގޮތުން ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ގޮތުގައި ކުރުމަށް ހަމަޖެހިފައިވަނީ  އިމާރާތްކުރުމާއި، އިމާރާތުގެ ފިނިޝިންގ މަސައްކަތެވެ.

       ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރިއަށް ދާނީ 7 ނޮވެމްބަރ 2023 އިން 11 ނޮވެމްބަރ 2023 ވަނަދުވަހުގެ 16:00 ގެކުރިން މިހޮސްޕިޓަލްގެ އީމެއިލް އެޑްރެސް [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލްކޮށް ނުވަތަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮފީހަށް ރަސްމީގަޑީގައި ފޯމްހުށަހަޅުއްވައިގެންނެވެ. ރެޖިސްޓަރީ ކުރައްވާފައިނުވާ ފަރާތްތަކަށާއި، ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން: 11 ނޮވެމްބަރ 2023، މެންދުރު 16:00 ގެ ކުރިން [email protected] އަށް މެއިލްކޮށްގެން ނުވަތަ ރަސްމީ ގަޑީގައި  6845161 ނަންބަރ ފޯނަށް ގުޅުއްވައިގެން.

އަންދާސީ ހިސާބް ހުށަހެޅުން:  20 ނޮވެމްބަރ 2023، 13:00 އަށް

ތަން: ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އޮފީސް އިމާރާތުގެ މީޓިންގ ރޫމް (1 ވަނަ ފަންގިފިލާ) 

07 ނޮވެންބަރު 2023
ހޯދާ