ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން
މާލެ، ދިވެހިރާއްޖެ
އިއުލާން ނަމްބަރު: (IUL)475/475/2023/220
އިއުލާން އެމެންޑްމަންޓް 1
" މޯލްޑިވްސް ޕޮލިޓެކްނިކް މާލެ ކެންޕަހުގެ ގާރޑެން އޭރިއާ ލޭންޑްސްކޭޕިންގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ"
ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ތަންފީޒުކުރަން ހަމަޖެހިފައިވާ 'މޯލްޑިވްސް: އެންހާންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް' ޕްރޮޖެކްޓުގެ ފަރާތުން މޯލްޑިވްސް ޕޮލިޓެކްނިކް މާލެ ކެންޕަހުގެ ގާރޑެން އޭރިއާ ލޭންޑްސްކޭޕިންގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ސުރުޚީގައި ދަންނަވާފައިވާ ތަކެތި ހޯދުމަށް 25 އޮކްޓޯބަރ 2023 ގެ އި ކުރެވިފައިވާ ނަންބަރު(IUL)475/475/2023/212 އިއުލާނުގައިވާ ރިކުއެސްޓް ފޯރ ކޯޓޭޝަން ޑޮކިއުމަންޓް، ޑްރޮވިންގ އަދި ބީ.އޯ.ކިއު އަށް ވަނީ ބަދަލުގެނެވިފައެވެ. މި އިޢުލާނާ އެކު ބަދަލުގެނެވިފައިވާ މައުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
މި މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބަދަލުގެނެވިފައިވާ މައުލޫމާތު ހިމެނިފައިވާ އެމެންޑްމަންޓް 1،ޑްރޮވިންގ އަދި ބީ.އޯ.ކިއު މި އިއުލާނުން ޑައިންލޯޑްކުރެވޭނެއެވެ. އަދި ތިރީގައިވާ އެޑްރެހަށް އީމެއިލްކުރެއްވުމުންވެސް ލިބިވަޑައިގަންނަވާނެއެވެ.
އަންދާސީ ހިސާބު ހުށައެޅުން:
ޝައުޤުވެރިވެލައްވާ ފަރާތްތަކުން 16 ނޮވެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00އަށް އުމަރު ޒާހިރު އޮފީސް ބިލްޑިންގ، 5 ވަނަ ފްލޯރގައި ހުންނަ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް ރިކުއެސްޓް ފޯރ ކޯޓޭޝަން ޑޮކިއުމަންޓްގައި ބަޔާން ކުރެވިފައިވާ ލިޔެކިޔުންތައް ހިމެނޭގޮތަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ ކޯޓޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
މައުލޫމާތު ސާފުކުރުން:
މި މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އިތުރު މައުލޫމާތު ސާފުކުރުމަށް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:
ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީ.އެމް.ޔޫ)،
އުމަރު ޒާހިރު އޮފީސް ބިލްޑިންގ، 5 ވަނަ ފަންގިފިލާ
އީމެއިލް : [email protected]
ފޯން: 306982/3026975