މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް" ގެ މިޑްލައިން ސަރވޭ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ނަންބަރު: (IUL)30-MAP/30/2023/221

އިޢުލާން

"މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް" ގެ މިޑްލައިން ސަރވޭ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު  

އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑު) އާއި ދިވެހި ސަރުކާރު ގުޅިގެން މިމިނިސްޓްރީން ކުރިއަށްގެންދާ [މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް] އަކީ ދަނޑުވެރިކަމުގެ ޞިނާއަތް ތަރައްޤީކުރުމަށް ހިންގޭ ޕްރޮޖެކްޓެކެވެ. މިޕްރޮޖެކްޓަށް މަތީގައި ބަޔާންކުރެވިފައިވާ މަސައްކަތަށް ޝައުގެވެރިވާ ފަރާތްތަކައް [ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު] ހުޅުވާލަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 20 ނޮވެމްބަރު 2023 ވާ ހޯމަ ދުވަހުގެ 14:00  އަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް (ހަޒާރުމާގެ 5 ވަނަ ފަންގިފިލާ، ފަރީދީ މަގު ) އަށް ހާޟިރުވެ ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:   

މި މަސައްކަތަށް އެންމެ ޤާބިލު ފަރާތް ހޮވުމަށް ބެލޭނެ ކަންތައްތައް ޓާރމްސް އޮފް ރިފަރެންސްގައި ހިމަނާފައިވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. މަސައްކަތަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
  2. މަސައްކަތަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ސީވީ)
  3. ހުށަހަޅައިފައިވާ ޓީމް ގެ ތަޢުލީމީ ސެޓިފިކެޓުތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ (ޓްރާންސްކްރިޕްޓް އައިއެކު)
  4. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ
  5. ޓަރމްސް އޮފް ރިފަރެންސް" ގައި ވާގޮތަށް ފުރިހަމަކޮށް ސިޓީއުރައެއްގައި ބަންދުކުރެވިފައިވާ 'ޓެކްނިކަލް ޕްރޮޕޯސަލް" އަދި 'ފައިނޭންޝަލް ޕްރްޕޯސަލް" ފޯމް
  6. ކުރިން ކޮށްފައިވާ މިފަދަ މަސަކަތްތައް ނިންމިކަމުގެ ލިޔުންތައް
  7. ޓެކްސް ކްލިއަރެންސް ރިޕޯޓް ( ވިޔަފާރި ތަކުގެ ފާއިތުވި 3 މަސްދުވަހުގެ )
  8. ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ (ޖީ.އެސް.ޓީ އަށް ރަޖިސްޓްރީ ވެފައިވާ ފަރާތްތަކުގެ)
  9. ވިޔަފާރި ރަޖިސްޓްރީ ސެޓްފިކެޓްގެ ކޮޕީ

 

ޕްރޮޕޯސަލް ހުޅުވުން

ޕްރޮޕޯސަލް ހުޅުވުމަށް ހަމަޖެހިފައިވަނީ  20 ނޮވެމްބަރު 2023 ވާ ހޯމަ ދުވަހު 14:00 ގައި، މިނިސްޓްރީ އޮފް ފިޝަރީޒް. މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ގެ ޕްރޮޖްކްޓް އިމްޕްލިމަންޓޭޝަން ޔުނިޓް ގައި މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ޕްރޮޕޯސަލްތައް ބާޠިލުކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 13 ނޮވެމްބަރު 2023 ވާ ހޯމަ ދުވަހު  14:00ގެ ކުރިން، އީމެއިލް އެޑްރެސް [email protected] އަށް އީ-މެއިލް ނުވަތަ 3033400، 3033410 ފޯނާއި ގުޅުއްވުން އެދެމެވެ.

 

ޕްރޮޕޯސަލް ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

    ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް،
    މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ،
    ހަޒާރުމާގެ 5 ވަނަ ފަންގިފިލާ، ފަރީދީ މަގު،
    މާލެ، 20096، ދިވެހިރާއްޖެ.
    މަޝްރޫޢުގެ ނަން: މެޕް މިޑްލައިން ސަރވޭ

 

 

 

22 ރަބީޢުލްއާޚިރު 1445

06 ނޮވެމްބަރު 2023

 

06 ނޮވެންބަރު 2023
ހޯދާ