މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. މާޅެންދޫން ތެލުގެ ވިޔަފާރި ބިން ކުއްޔަށް ދޫކުރުން

އިޢުލާން

 

ނ. މާޅެންދޫން ތެލުގެ ވިޔަފާރި ބިން ކުއްޔަށް ދޫކުރުން

 

ނ.މާޅެންދޫ ގައި ތެލުގެ ވިޔަފާރި ކުރުމަށް ބިން ކުއްޔަށް ދޫކުރުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ.

                  މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 06 ނޮވެންބަރ 2023 (ހޯމަ) ދުވަހުން ފެށިގެން، 13 ނޮވެމްބަރ 2023 ވާ (ހޯމަ) ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯރމް ފުރުއްވުމަށްފަހު މި ކައުންސިލްގެ އީމެއިލް  [email protected] އަށް މެއިލް ކުރެއްވުމަށް ދަންނަވަމެވެ.

ބިޑް/ޕުރޮޕޯސަލް ހުށަހެޅުމާއި ބިޑް/ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 21 ނޮވެމްބަރ 2023 ވާ (އަނަގާރަ) ދުވަހުގެ 13:00 ގައި މި ކައުންސިލް އިދާރާގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 13 ނޮވެމްބަރ 2023 ވާ (ހޯމަ) ދުވަހުގެ 10:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.  އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ ޕުރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

06 ނޮވެންބަރު 2023
ހޯދާ