ދިވެހިރާއްޖެ
މިކައުންސިލުން އިސްނަގައިގެން ގއ އަދި ގދ އަތޮޅަށް (ހުވަދުއަތޮޅު) ހުޅުވާލައިގެން "ރާވެރިޔާ ވޮލީ މުބާރާތް 2023" ގެ ނަމުގައި ވޮލީ މުބާރާތެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މިމުބާރާތަކީ 2022 ވަނަ އަހަރުން ފެށިގެން ކައުންސިލުން ކޮންމެ އަހަރަކު ބޭއްވުމަށް ނިންމާފައިވާ މުބާރާތެކެވެ. މިމުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަންހެން އަދި ފިރިހެން ދެ ޑިވިޝަނަށް ބަހާލައިގެންނެވެ. މިގޮތުން މިމުބާރާތް ފެއްޓުމަށް ހަމަޖެހިފައިވަނީ 09 ޑިސެމްބަރ 2023 ވާ ހޮނިހިރު ދުވަހު ގއ.ނިލަންދޫ އިޖްތިމާއީ މަރުކަޒުގެ ވޮލީ ކޯޓުގައެވެ.
މިމުބާރާތުގެ ކޮންމެ ޑިވިޝަނެއްގެ ޗެމްޕިއަން ޓީމަށް 20,000/- (ވިހިހާސް) ރުފިޔާގެ އަދި ކޮންމެ ޑިވިޝަނެއްގެ ރަނަރަޕް ޓީމަށް 7500 (ހަތްހާސް) ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށްވަނީ ހަމަޖެހިފައެވެ.
މިމުބާރާތުގައި ބައިވެރިވެލައްވަން ބޭނުންވާ ޓީމްތަކުން 30 ނޮވެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މުބާރާތުގައި ބައިވެރިވާން އެދި ހުށަހަޅާ ފޯމް ފުރިހަމަކުރެއްވުމަށްފަހު، މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިމުބާރާތުގެ ހިންޤާ ޤަވާއިދާއި، މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާފޯމް ކައުންސިލް އިދާރާއިން ލިބެން ހުންނާނެވާހަކަ ދަންނަވަމެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް ކައުންސިލްގެ މެންބަރު ފާޠިމަތު ނާދިޔާ 9772242 އާއި ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.